ޚަބަރު
ނަފްރަތު އުފައްދަން ޔާމީނަށް އިނާޔާތް ދޭކަށް ނުޖެހޭ، އިނާޔަތްތައް ކަނޑާލަން ޖެހޭ: ރޮޒޭނާ

ރާއްޖޭގެ މިނިވަންކަން ނަގާލާ، ނަފްރަތު އުފައްދަން ޔާމީނަށް އިނާޔާތް ދޭން ނުޖެހޭ ކަމަށާއި އިނާޔަތްތައް ކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ގޮވާލައިފިއެވެ.

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ބޭނުން ނަމަ އެންމެ ފުރަތަމަވެސް ފިޔަވަޅު އަޅަންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށާއި ޤައުމު ފިތުނަ ފަސާދަކޮށް ޤައުމުގެ މަސްލަހަތު ގެއްލޭގޮތަށް ހަރަކާތްތައް ހިންގަމުންދާއިރު ސަރުކާރުން އެމަނިކުފާނަށް އިނާޔަތްތައް ދޭން ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމަށް ހީނަރުކަން އަތުވެދާނެކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އިދިކޮޅުން ދަނީ ހުއްޓާނުލާ މިހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.

ރޮޒޭނާ ވިދާޅުވީ މިފަދަ ހަރަކާތުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށާއި މިއީ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ދޭދޭ ޤައުމުތަކާއި އޮންނަ ދާޚިލީ ގުޅުމަށް ބުރޫ އަރާގޮތަށް ހިންގަމުންދާ ވަރަށް ދެރަވަރުގެ ހަރަކާތެއް ކަމަށެވެ.

އެހެންކަމުން ޤައުމު ހަލަބޮލިކޮށް ފަސާދަ އުފައްދާ ވެރިކަން ކުރަން ހުންނަ މީހަކަށް ވެރިކަން ކުރެވުނަ ނުދިނުމަށްޓަކައި، ކުރާ މިފަދަ ކަންތައްތައްތަކަށް އިނާޔަތް ލިބެން ނުޖެހޭ ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ޖީބުން، ނަފްރަތު އުފައްދަން ޔާމީނަށް އިނާޔާތް ދޭކަށް ނުޖެހޭ ކަމަށާއި އިނާޔަތްތައް ކަނޑާލަން ރޮޒޭނާ ވަނީ ގޮވާލާފައެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ.

ރައީސް ޔާމީން ނަންގަވަނީ ކުރީގެ ރައީސެއްގެ އިނާޔަތުގެ އިތުރުން ދިރިއުޅުއްވާ ތަނުގެ ޚަރަދު އެކަންޏެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!