ފެންޑާ
ފޮޓޯގްރާފަރެއްގެ ފޮޓޯއިން، މަގުމަތީގައި އުޅުނު 60 އަހަރުގެ މުސްކުޅި މީހަކު މޮޑެލްއަކަށް

ފޮޓޯއަކުން މީހެއްގެ ދިރިއުޅުން ބަދަލުވެދާނެ ވާހަކައަކީ ފަހަރެއްގައި އަހަރަމެންނަށް ޤަބޫލުކުރަން އުދަނގޫ ވެދާނެކަމަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް މިއީ ވެދާނެކަމެއްކަން ފޮޓޯގްރާފަރަކު މިވަނީ ސާބިތުކޮށްފައެވެ.

ކެމެރާގެ ކްލިކަކުން ނަގާލެވޭ ފޮޓޯއަކީވެސް އޭގައި ބާރު އެކުލެވިގެންވާ، އޭގެ ސަބަބުން މީހެއްގެ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދާނެ އެއްޗެއްކަން މިހާދިސާއިން އެނގި ހާމަވެއެވެ. ކެމެރާއެއްގެ ކްލިކަކުން ނުވަތަ އެންމެ އޮބާލުމަކުން އިންޑިޔާގެ މަގުމަތީގައި، ދުވަހު މުސާރަޔަށް މަޖޫރީ މަސައްކަތްކުރަން އުޅުނު 60 އަހަރުގެ މުސްކުޅި ފިރިހެނަކު ވަނީ، މޮޑެލްއަކަށް ބަދަލުވެގެން ގޮސްފައެވެ.

ފޮޓޯގްރާފަރަކު އިންޑިޔާގެ މަގުމަތީގައި، ދުވަހު މުސާރަޔަށް ލޭބަރ މަސައްކަތް ކުރަން އުޅުނު 60 އަހަރުގެ މުސްކުޅި މީހެއްގެ، ފޮޓޯ ނެގިއެވެ. މަމްމިކްކާ ނަމަކަށް ކިޔާ މިމުސްކުޅި މީހާގެ ތަފާތު ގޮތްގޮތަށް މޮޑެލްކޮށް ނަގާފައިވާ، ފޮޓޯތަކެއް ފޮޓޯގްރާފަރު ސޯޝަލް މީޑިޔާގައި ހިއްސާކުރުމުން، މިފޮޓޯތަކަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓި، ފޮޓޯތައް އިންޓަރނެޓްގައި ވައިރަލް ވެގެން ދިޔައެވެ. އެއަށްފަހު، ނެޓިޒަން ކިޔާ ކުންފުންޏަކުން، އިސްނަގައިގެން މަމްމިކްކާގެ މޭކްއޯވާއެއް ގެނެސް ކެމެރާގެ ކުރިމައްޗަށް ނެރެއެވެ. މަމްމިކްކާގެ އާ ހެއަރ ސްޓައިލާއި، ފަހުގެ ޒަމާނީ ހެދުން އެޅުމުގެ ވައްޓަފާޅި، މަޝްހޫރު މޮޑެއްލް އަކަށް ދޫނުކުރިއެވެ. އަދި އެއަށްފަހު ކެރެލާގެ ކޮޒިކޮޑޭ ޑިސްޓްރިކްޓްގައި ވެޑިން ސޫޓް އުފައްދާ ކުންފުންޏެއްގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، އޭނާއަށް ލިބިގެން ދެއެވެ.

ފޮޓޯ: އެސްއެޗްކޭ ޑިޖިޓަލް

ފޮޓޯގްރާފަރެއް ކަމުގައިވާ ޝަރީކް ވަޔަލިލް، ސޯޝަލް މީޑިޔާގައި މަމްމިކްކާގެ ފޮޓޯ ހިއްސާކުރުމުން، ފޮޓޯއަށް ލިބިގެންދިޔަ ސަމާލުކަމާއި، ތަރުހީބުން، މަމްމިކްކާގެ ހެދުން އެޅުމާއި، ހެއަރ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސް، ޒަމާނީ މޮޑެލްއެކޭ އެއްގޮތަށް މޭކްއޯވާއެއް ގެނެސް، ފޮޓޯ ޝޫޓެއް ނެގުމަށް އޭނާ ނިންމިއެވެ.  މިގޮތުން މަމްމިކްކާ މޮޑެލްއެއް ގޮތަށް ހެދުން އަޅުވައި، އާންމުކޮށް ދިރިއުޅުމުގައި އޭނާ ކުރާ މަސައްކަތްތައް ކަމުގައިވާ ތަރުކާރީފަދަ ތަކެތި ވިއްކާ މަންޒަރު ފޮޓޯގްރާފަރު ވަނީ ނަގައި، ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ. ޒަމާނީ ފަހުގެ ފެޝަނަށް ހެދުން އަޅައި، އަވި އައިނު އަޅައި، ތަފާތު ޕޯސްތަކަށް އުމުރުން 60 އަހަރުގެ ފޮޓޯތަށް ނަގާފައިވާއިރު، އެފޮޓޯތަކުގެ މަޤްބޫލުކަން، ޒުވާން މޮޑެލުންނަށްވުރެ ބޮޑުވެފައި ވެއެވެ. މަމްމިކްކާ އަގޮބޮޑެތި ކާރުތަކާއި، ފަހުގެ މޯބައިލް ފޯންތައް އަދި ލެޕްޓޮޕާއި ޓެބްލެޓްތަކާއިއެކު ނަގާފައިވާ ފޮޓޯތައް، ސޯޝަލް މީޑިޔާގައި ވަނީ ވަރަށްބޮޑަށް ވައިރަލްވެ، ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައެވެ.

ފޮޓޯ: އެސްއެޗްކޭ ޑިޖިޓަލް

މަމްމިކްކާގެ ހެދުން އެޅުމާއި، ސްޓައިލަށް ބަދަލުތަކެއް ގެނެސް، ފޮޓޯގްރާފަރުގެ މަސައްކަތުން މީހުންނަށް ދެއްކުމުން، ގިނަބަޔެއްގެ ސަމާލުކަން މަމްމިކްކާއަށް ހުއްޓި، ފެށަންގެ ދުނިޔޭގެ ގިނަބަޔެއްގެ ފޯކަސް  މަމްމިކްކާއަށް އަމާޒުވެގެން ދިޔައެވެ. މިކަން ވެގެންދިޔައީ މަމްމިކްކާގެ މުސްކުޅި އުމުރުގައިވެސް، މޮޑެލްކުރުމުގެ ފުރުޞަތު ހުޅުވިގެންދިޔަ ސަބަބަކަށެވެ. މޮޑެލްކުރުމުގެ ތަފާތު ކޮންޓްރެކްޓް މިހާރު މަމްމިކްކާއަށް ހުށަހެޅެމުން އަންނައިރު، މިއީ އޭނާ ދިރިއުޅުމުން ދިޔަ ފޯރުންތެރިކަން ކުޑަ ދިރިއުޅުން ބަދަލުވެގެން ދިޔުމަށް ހުޅުވިގެން ދިޔަ ފުރުޞަތެއްގެ ގޮތުގައި އޭނާ ދެކެއެވެ.

މަމްމިކްކާ ދިރިއުޅޭ އަވަށުގެ ގިނަބަޔެއްގެ ތަޢުރީފު އަދި ސަޕޯޓް އޭނާއަށް އޮހެމުން އަންނައިރު، އެހެން މަޝްހޫރު މޮޑެލުންނެކޭ އެއްފަދައިން، ސޯޝަލްމީޑިޔާގައި، އޭނާގެ ފޭނުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކެމެރާއެއްގެ އެންމެ ކްލިކަކުންވެސް، މީހެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެދާނެކަން، މިފޮޓޯގްރާފަރު ވަނީ ސާބިތުކޮށްދީފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސީނު

    ވަރަށ ސަޅި ވަރކްއެއްް. އެއްދުވަހުންް މުޅި ދުނިޔޭގެ ސަމާލުކަމަށް.. ހުވަދޫ ނިއުސްގެ ޚަބަރާ ލިޔުންތައް ހަމަ ހަބޭސް