ޚަބަރު
ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭގޮތް އުރީދޫއިން ހަދައިފި

އުރީދޫ މޯލްޑިވްސްއާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރއާއެކު ޕާޓްނަރވެ، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.

އުރީދޫއިން މި އީޖާދީ ހިދުމަތް ތައާރަފްކޮށްފައިވަނީ، ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރާއި ފަސޭހަކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

ވައިބާ މެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކްއެއް ލިބޭނެކަމުގައިވެސް އެކުންފުނިން ބުނެއެވެ. މި އޮފަރ ލިބިގެންދާނީ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރައްވަައިފައިވާ ކަަސްޓަމަރުންނަށްކަމަށް އުރީދޫއިން ބުނެއެވެ.

ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިންގ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މމެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސަކުރުމަށް ވައިބަރ ބޭނުންކުރާ ކުރުން ވަަނީ އިތުރުވެފައެވެ. މިއާއެކު ސްކޭމްތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުންވެސް ވަނީ އިތުރުވެފައެވެ. އެހެންކަަމުން މި ޙިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދެއެވެ.

ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފަރ އެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތަށްވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދެއެވެ. އެއް ޕްލެޓްފޯރމެއްގެ ތެރެއިން ފަައިސާ ފޮނުވާަ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯރމްތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށްވެސް މި ޙިދުމަތުން ބާރުއެޅޭކަަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް-ހަމާދީ ވިދާޅުވީ ވައިބަރ އާއި ޕަރޓްނަރވެ ރަައްކާާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ޙިދުމަަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަަލެކެވެ. އަދި ވައިބަރއަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށްވުމުން، މި ޙިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭޕީއޭސީގެ ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ އުރީދޫ މޯލްޑިވްސްއާއެކު މި ޕާޓްނަރޝިޕްއާމެދު ނުހަނު ފަޚުރުވެރިވާކަމަށެވެ. އަދި މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށްވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބާއިން ކުރާ މަަސަައްކަަތުގެ ހެއްކެއްކަމަށް އޭނާ ވިދާޅުިއެވެ.

ޑޭވިޑް ވިދާޅުވީ ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީއަަަކީ އަބަދުވެސް ވައިބާއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއްކަމަށއި އެކުންފުނީގެ ކުރިއެރުމާާއި ހިދުމަަތްތައް ބިނަކުރުމުގައި ކަަަސްޓަމަަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަަމުގެ ޔަގީންކަަަން އަރުވާކަމަށެވެ.

ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:

1. ވައިބަރ ޗެޓް ހުޅުވާލާށެވެ.

2. ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.

3. “SEND MONEY” ހިޔާރުކުރަައްވާށެވެ.

4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.

5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ

6. “SHARE RECEIPT” ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.

އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އުރީދޫއިން އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރެއްވޭނެކަމަށެވެ. އަދި މި ޙިދުމަަތްްްްތަައްް ލިބިގަަތުމަަށް ހުރިހާ ނެޓްވޯކެއްގެ ކަަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަަބާާ ކިޔާކަމަށް އޭނާ ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!