ޚަބަރު
“އިންޑިއާ އައުޓް” ކެމްޕޭނަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ނުރައްކާތެރި ކެމްޕެއިނެއް – ޑިފެންސް މިނިސްޓަރ

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، “އިންޑިއާ އައުޓް”ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގެ އެދިވަޑައިގަތުމަށް، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ޙާޟިރުވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.

“އިންޑިއާ އައުޓު”ކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަޙައްދީ ޤައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަޙައްދީ ސަލާމަތީ މަޞްރަޙަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެކަމަށާ އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.

“އިންޑިއާ އައުޓް” ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ތެރެއިން – ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ “އިންޑިޔާ އައުޓް” ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ސަރވިސް ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި، ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖެންސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ކޯސްޓް ގާޑު ކޮމަޑާންޓް ކާނަލް އިބްރާހިމް ޙިލްމީއާއި އެމްއެންޑީއެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑރ.ޢަލީ ޝާހިދާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި އިންޓަރގްރޭޓެޑް ހެޑްކުއާޓާޒްގެ ޕްލޭންސް އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރާއި މެޑިކަލް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ ޑރ. ފާތިމަތު ތަޙްސީނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!