ޚަބަރު
ތިނަދޫ ފްލެޓް ނަންބަރު 5 އަށް ފެން ނުލިބޭތާ ދެދުވަސް، ޝަކުވާތަކާއެކުވެސް ހައްލު ނުވި މައްސަލައެއް

ގދ ތިނަދޫ ފްލެޓްތަކުގެ ތެރެއިން, ފްލެޓް ނަންބަރު 5 ގެ އެއްވެސް އެޕާޓްމަންޓަކަށް ފެން ނުލިބޭތާ ދެދުވަސް ވެއްޖެކަމަށް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ބުނެފިއެވެ.

5 ނަންބަރު ފްލެޓްގެ އެޕާޓްމަންޓެއްގައި  ދިރިއުޅޭ މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، އެފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް ފެން ނުލިބޭތާ މިހާރު ދެދުވަސް ވެއްޖެ ކަމަށާއި، އެކަމަކީ އާންމުކޮށް ކޮންމެ ހުކުރު ހޮނިހިރު ދުވަހާ ދިމާވާ ކަމެއް ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އަދި ފެން ނުލިބޭ. ހުކުރު ހޮނިހިރު ދުވަހަކީ ބަންދު ދުވަސް ކަމަށްވެފައި އާއިލާ އެކުގަ ގޭގައި ވަގުތު ހޭދަކުރާ ދުވަސްތަކަށް ވުމުން ފެން ނުލިބުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ކުރެވޭނެ ގޮތެއް ނެތި 16 އާއިލާއަށް މި އުނދަގޫ ކޮންމެ ހަފްތާއަކު ކުރިމަތިވޭ. އެމީހާ ބުންޏެވެ.

ތިނަދޫ ކައުންސިލްގެ ފަރާތުން ހަދާފައިވާ ފްލެޓް ކޮމިއުނިޓީ ވައިބަރ ގްރޫގައި އާއިލާތަކުން އެކަމުގެ ޝަކުވާ ކުރި ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން ރައްޔިތުން ކުރާ މެސެޖްތަކަށް ޖަވާބެއް ނުދެއްވާ ކަމަށްވެސް އޭނާ ބުންޏެވެ. ތިނަދޫ ކައުންސިލް މެމްބަރުން ވެސް މި ވައިބަރ ގްރޫޕްގައި ތިބެއެވެ.

ތިނަދޫގައި ހަދާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން އަބަދުވެސް އެތަނުގައި ހުރި ދަތިތަކާއި މައްސަލަތަކުގެ ވާހަކަ ދައްކައެވެ. ފެން ނުލިބުމުގެ މައްސަލައަކީ އެގޮތުން ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ސީލިންގ އިން ފެން ލީކުވާ ވާހަކަވެސް އާންމުކޮށް ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން ދައްކައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. މަޑަވެލީ ކަތީބު

  ރަށުން މީހުންބޭލިކަމުގެ ބަދަލަށޭ ކިޔާ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީމާ ތިހުރިހާކަމެއް ހައްލުވެ. ތިނަދޫ އެމްޑީޕީ މީހުންގެ ބޮލަށް ތިބޭނީ ޗިޕު ޖެހިފައެވެ.

 2. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

  ސިޓީއަކުން ލިބޭނެ ހުރިހާ ހިދުމަތެއް މިހާރު މިދަނީ ލިބެމުން

 3. ކައުންސިލްގެ ނައިބު ރައީސް

  ފެންނުލިބުމުން ކައުންސިލުން ތިކަމާ ކުރާނެ އެއްކަމެއްވެސް ނެތް. ތިއީ ޔާމިން ސަރުކާރުން ހައްލުކުރަން ޖެހޭކަމެއް

 4. ޓީމް މުގުނީ

  ތިތަނުން ފުލެޓެއްގައި ރޯވެއްޖެއްޔާ އަލިފާން ނިންވާނެ ފަޔަރ ޓްރަކެއްހާހިސާބުވެސް ތިނަދޫގައި ނެތް. އަދިވެސް އެބަލަނީ ސިޓީއަކަށް ހެދޭތޯ މޭޔަރުގެ ލަގަނބު ލިބޭތޯ މޭޔަރެއްގެ މުސާރަ ލިބޭތޯ. އަމިއްލަ އެދުން ހުއްޓަސް ތިއީ ދެން ބޮޑުވަރު