ރިޕޯޓް
ބަހަނުވިކުނެ ކެޔޮޅެ އިބިރިހިމާ އަރުމާޒެ ވޮއްޑާ
ފަރަންޖީ އިގިރޭސިންނަގެ މާވަޑިކަމު ބަނެ އަރުމާޒެ ވޮއްޑާއްކޫ، ކޮންމި ކަޑެކަންއަސް ހޯވަރެ ވޮއްޑެކެ. އިރުވައިކެ ހުޅަގެކެ، އެތެރެވަރިޔެކެ ހުޓެވަރެކެ މާކަޑެކަން، މަޑެކެ ގަދާކަން ވިއްސާރާކަން ވަޔެކަން ނުބަލައި ދޮއްވަނެ މި ވޮއްޑާ އެޓްލާންޓިކް ކަޑާ ހެރަހަ ކޮއްލައި ކޮޅުބު ބަދަރު ޖަހުވާހި، އޮޅުދޫ ކަރާގެ ބަދަރެ ބަދަރަން ޖަހުވާހި ދިވެހިރާއްދެއަން މިސްރާބެ ޖެހީވޭލޭ ދިވެހިންނެ ތޮއު އެ ވޮއްޑާ ކުރެދޮއްޓެން ރޯނުފެލަނެ ވަރަން މަހަބާއި ދިވެހިންނަގެ ދުމަޓި ހުރުވައި މަހަ ފައްލަވާކޮޓެ ތަނަވަސްވެ އިގްތިސާދެ ކޮޑަން ޖަހައިގެން ކަޑެބޮއްޖަހާހި ދޮއްވައިގަންނެއި ކަމަން ތެލެލައިގެން.
ނުލާހިކު ހީވާގި މުރާލި ކެޔޮޅަކުންގެ މާލިމީކަމު ވޮއްޑާ ކަޅެކޮޅަ ކޮންމި ކަޑަކުން ހަހިޔަ ބާމުން އަހާ 2008 ވަނެ އަހަރެ ހޮވީ އެންމެ ކަޑަން ގަދަ ވޮއްޑެކަން މި ވޮއްޑާ ހޮވީގެ. އެންމެނެސް ހީކޮޅައު ލައްކައިކެޔަ. ދެން އިބެންނަން ފޮއްޓޫ ވޮއްޑޭ ވެރިންނާއި ކެޔޮޅެ މީހާއި މައްސަލަ ޖެހީ ކެޔޮޅުންނެ ބަދަލެ ވެނެ ވާހަކެޔާ. މާކަ ބޯ ދޮހައިކެ ނުވެ އެ ވޮއްޑޭ މަންތަން ރައްޔިތުންނަގެ އެތެރެން މުލައްދަންޑޭ ވަރެ ހުއްޓީ ބައިކެންނެ އަރައި ވޮއްޑޭ މަޑެލެން އެތެކެ ތަނެކެ ނައްޓުވައި ބަޑެފެލާން ހުލާ ދޮއްވައިލިޔާ، އަދި އެވޭލޭ ބޮޑެ އަރުމާޒު ވޮއްޑާއި ހަވާލޭގެން ތެއި މީހިންނެ ވާރެގޭ ބެލުމުގެ ދަޓަން ގެނަހަގެން އެހެން ވޮއްޑެކެ އަރުމާޒު ވޮއްޑާ ކަހު ޖަހައިގެން އަރައި ދޮވެ ދަމައިލީ.
އަރުމާޒު ވޮއްޑޭ ފަޅެވެރިންނެ ޗޫޗޫ ކެޔަކެޔައި ތިޔައި އަލެ ވޮއްޑެން އެމެލައި މަހަ ބާއި މަހަ ލާރިޔަން ހަދައި ފަޅެވެރިންނެ ދެބަޑެފެލާ ދެފާ ވިދުވައިގެން ކައިފައި ބެހަންނަން ބޭނުން ބައިކެންނަން ބެހައި އައްދަޓު މަސައްކަދެ ކެރަނެ މީހިންނެ ދަތެފެލެޔާ ރޮޑަން ދީގެން ތިޔައި އަލުން އަރުމާޒު ވޮއްޑާ ސަލާމަތެކެރަންނަން ހުންގާނިޔޭ ހިފޫ ކެޔޮޅެ އިބިރިހިމާ ކެޔަނެ ވިއްދެކެ މައިތިރި ވައްތަރެކަން ހުއްޓީ ބަހަ މަދެ މީހެކެ.
ރަޓު ރައްޔިތުންނެ ތޮއު، ވޮއްޑާ ފެނު ނުޖެހެނީ އިބިރިހިމާ ދެއްކީ ވާހަކަ ދެ ދެއްލެކަން ނުއެޔަންނެއި ކަމަން ހީކޮށްގެން. ބަހަމަދެޔަ ބޮނިޔަސް ވޮއްޑަން އަރަންނަން ހޫގަޅައިގެން ނިކިމެ ލައްކަ ފޮނިޔެކެ ތިކޮޑީ، މިޔާ ދެއްކީވާހަކަ ތޯތޯ ނޮކޮޓެ މަކަރެނުހަދައި ދޮގެކެ ނުހަދައި ޖިހީ ކައްޅުއެއްކެހެން ސީދާން އެ ބޮނީ ލިކަން މަހަބާއި މަހަ ދަމަންނެއިކަމަން ހީކޮއްގެން ފަޅެވެރިންނާއި ރަޓު އެންމެނެސް ތޮއު ކެޔޮޅެ އިބިރިހިމަގެ ހުއްޓީ ވަރެެކަސް ބަލަންނަން. ވޮއްޑޭ އެމެ ކެޔޮޅަކުނަން ހަވާލެކޮޅައު އަރުމާޒު ވޮއްޑޭކުރިޔޭ މާކެޔޮޅަކުނަން ހުއްޓީ މުހަންމައިދީ އާއި އެމެ ކެޔޮޅާއި މާ ކެޔޮޅާއި މީ ގަޑޮވާހި އޮތެ ދެ ކައުޓި ކަމަން ހީވިޔަސް ދެ ކެޔޮޅުންނަގެގޭ ހުޓެއުދުނެން މަހަ ކައްކަނެ ވޭލޭ ދުބުރިފަތެ އަދޮވަނެ އަޑެފަޓާ ގަދަވެގެން ރަޓުތެރޭ ހުންނާ މީހާސް އެ ހިސާބަން އަވަޓެ ވެންނަން ނުކެރުނެ.
ދެވެނެ ދެ ހުޓިކަހަ ޖަހުވައިގެން އެކެ ވޮއްޑަކު ތިޔެ މާކަޑަން ނިކިތަސް އެމެ ވޮއްޑާ އުކައި ބޭކާރު ވެންނު މަދައްކޮން ލޮޅައްކޮން ނުން. އައިނެކަން އެރިޔަސް މަހެކެ ނުބާތެ، ދޯޓިބިދެ ކޮޅެ ކޮޑުމާ ނުން ކަމެކެ ނުވެއި، ބުޅިއަރޮވަނެ މީހަން ބުޅި ނުއެރޮވެއި، އޮޱެ ހާއްލެން އޮޱެ ހުއްސެގެ، މާ ކެޔޮޅެ އިބިރިހިމާ އަތަން ނަމެކަން ހުންގާޱިޔޭ ދީގެން އެމެ ކެޔޮޅެމީހި މުޅި ވޮއްޑަން ވެރިވެގެން ހަސަނާ ލިކަން މުޅި ވޮއްޑޭ ދެފާ އޮޑައިގެން ހިތުހުއްޓީ ލިހެކަން ދޮއްވީމައި ފަޅެވެރިންނަން ނުއެގުނެ މި ވޮއްޑެން އަޑެ އަހަންނަންވޫ ކޮން ކެޔޮޅަކުންގޭ ބަހަ ކައިކެ.
ދެން ފެނުންނު ފަޅެވެރިންނެ ފަޅެވެރިންނަން ސިމިސިންމާ ވެތެރީފައި ދެ މެންދަން ބެހީގެން ގެޔަތަނާ. މިހިސާބަން ގެޔަމައި ދެ ކެޔޮޅުންނެ، މީހިންނެ ކުރިމަންތޭ ކޮޑަން އެއްލީ އަތާ މަޑުމަޑުންގުންމުޓާ ފިހާހި ކައްކޮޓިމަންތާއި ދިމާން އަމާޒުކެރަނެ ހިސާބަން ބާއި.އެއްކަލެ ކޮންމި ކަޑަކު ދޮއްވީ އަރުމާޒު ވޮއްޑަން ތެލެފޮއްދާ އޮޑަންނެއި ލާރިޔެކަސް ނެތިޔޭ ރޭލޭ ދޮއްވަންދެކޮން ސީނުކަރާން އާ ކޮޅިޔަޑަކު ޖެހީފައި ރޭލާ ލޫދީގެން ފައްލޭ ރަޓާ އަތުނުވެ އޮޅުދޫކަރާ މަލަ ފެނެނެ ހިސާބަން ބެހެގެން ގެޔަމައި އޮޅުދޫކަރާ ވޮޑިފާރުން އަރުމާޒު ވޮއްޑޭތެއި އާލާތެކެފެހޭ އަތުލައިގަތާ.
މިހިދެ ވޮއްޑެކާއި ވޮއްޑެކާއި. މަތިކެބާ ކެޔޮޅަކުނަން އަރޮވާހި ހުއްޓީ އަބުދޫ ވޮއްޑޭ އާލާތެ ރައްރަޓު މީހިންނަން ވިއްކައި ހުސްކޮއްލި. ފަޅެވެރިންނެސް އަތުޖެހުނެ ކައޮއްޓެކަސް ރިންތެކަސް ފައްލެކަސް ވިއްކައިގެން މެދަން ފަޔާ އަރައިގެންއަސް ދެކޮޑު ޖެހެންތޯ ބަލަންނު. ރަޓުތެއި އަބިދަރިންނެ ސީނުކަރާ ކޮޅިޔަޑޭ ދަޓުވެގެން ގޭން ނުނިކިމީތެއި މީހިންނެ ލައިގެން ކަނެއްތެކެ ނެތިޔޭ ފޮޑެ ފޮޑެފައި މަރެވެންނު
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!