ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ އަބޫދާބީއަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިނިސްޓަރ މާރިޔާ މިއަދު އަބޫދާބީއަށް ފުރާވަޑައިގެންފައިވަނީ، އަބޫދާބީގައި މިމަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ޔޫމެކްސް – ސިމްޓެކްސް 2022” ގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

“ޔޫމެކްސް – ސިމްޓެކްސް ” ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަދި ސިމިއުލޭޝަން އެންޑް ޓްރެއިނިންގ އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ހިޒް އެކްސެލެންސީ މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!