އުރީދޫގެ މޫލީއިން ވިޔަފާރިކޮށްގެން ހާއްސަ އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.
މިޕްރޮމޯޝަންގެ ދަށުން މޫލީއިން ވިޔަފާރިކޮށްގެން އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ(ޕަބްޖީ ކުޅޭއިރު ބޭނުންވާ ގޭމިންގ ފައިސާ) ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
މޫލީން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއް ވަނައަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 3850 ޕަބްޖީ ޔޫސީ އެކެވެ.
މި ފުރުސަތުގެ ދަށުން އިނާމް ލިބޭނީ މޫލީން އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންނަށެވެ. މޫލީގެ އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ކާޑުތައް ހިމެނެއެވެ. އެއީ ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިފްޓް ކާޑުތަކެވެ.
އަދި މިނޫނަސް ތަފާތު ގޭމުތަކުގެ ފައިސާ ވެސް އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ. މިޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ ނިޔަލަށެވެ.