ޚަބަރު
500 އަށް ވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާނަން : ފައްޔާޒް

އާބާދީގައި 500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ އާބާދީގައި 500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅެއްކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ މަޝްވަރާތައް ބީއެމްއެލްއާއެކު ކުރެވެމުންދާކަމަށާއި، މިކަމަށް މަޝްވަރާކުރުމަށް ބީއެމްއެލްގެ ބޯޑު ބައްދަލުވުުމެއް މިހަފްތާގައި އޮންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު ނިމޭއިރު ގިނަ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށޭނެކަމަށެވެ.

“އަޅުގަނޑުމެން ބީއެމްއެލްއަށް ހުށައަޅައިގެން މިއުޅެނީ. އެކަން ކުރިއަށްދާނެ. މި ހަފްތާގައި ބީއެމްއެލްގެ ބޯޑު މީޓިން އެބައޮތް އެކަމަށް މަޝްވަރާކުރުމަށް. އަދި މިއަހަރު ތެރޭގައި ގިނަ ރަށްތަކުގައި އެކަން ކުރެވޭނެ. އަދި ކައިރި މުސްތަޤްބަލެއްގައި މި ރަށުގައިވެސް އެކަންކުރެވޭނެ. އެއީ މިސަރަހައްދަކީ ރިސޯޓްތައްވެސް ގިނަ އަތޮޅެއްވީމަ.” މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޅ.އަތޮޅަކީ މިވަގުތުވެސް 11 ރިސޯޓް ހިންގަމުން އަންނަ އަތޮޅެކެވެ. އަދި އިތުރު 2 ރިސޯޓެއް ތަރައްޤީ ކުރަމުންދާއިރު ގިނަ ވަޒީފާގެ ފުރުޞަތުތަކެއް މި އަތޮޅުގެ ރައްޔިތުންނަށް ފަހިވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮތްއިރު އޭޓީއެމްގެ ޚިދުމަތް ނެތް ހަމައެކަނި ރަށަކީ އޮޅުވެލިފުއްޓެވެ. އޮޅުވެލިފުށްޓަކީ 756 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!