ޚަބަރު
މިލަންދޫ މަގުހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި އެމަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ކޯޕަރޭޝަން މޯލްޑިވްސް (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އާރްޑީސީއިން ވިދާޅުވީ މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ރޯޝަނީމަގުގެ ފެން ހިންދާ ނިޒާމަށް ބޭނުންވާ ސެޓްލްމަންޓް ޓޭންކް ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިލަންދޫގެ 08 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 12 މާރިޗު 2021 ގައެވެ. މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމުގެ އިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް ހިމެނެއެެވެ.

705 ދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 156،477،623.23 މިލިއަން ރުފިޔާ އެވެ.

އާރްޑީސީއިން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމުގެ މަޝްރޫއުތަކުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތައްވެސް ހިންގަމުންނެވެ. އެގޮތުން އާރްޑީސީއިން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ގިން މަޝްރޫއުތަކެއް ވަނީ ނިންމާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!