ޚަބަރު
އިންޓަރނެޓް އަގުހެޔޮ ކުރުމަށް ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާއެކު  އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެން އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއެއްބަސްވުމުގެ ދަށުން އަޅަން ހަމަޖެހިފައިވާ ސަބްމެރިން ކޭބަލް ގުޅާލާނީ ރާއްޖޭގައި އޮންނަ މޯލްޑިވް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާއެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުނި އޯޝަން ކަނެކްޓުންނެވެ.

މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި އަދިވެސް އިންޓަނެޓުގެ އަގު ބޮޑުކަން ފާހަގަ ކުރެވޭނެ ކަމަށާއި މި ކޭބަލާ އެކު އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާއިން ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!