ޚަބަރު
ޑްރަގް އޮޕަރޭޝަނެއްގައި ފުލުހަކު ގޯސްތަކެއް ހަދާފައިވާ ކަމަށްބުނެ، ސީޕީ ހަމީދު ފުލުހުންގެ ބޯޑަށް ހާޒިރުކުރަނީ

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެމައްސަލަ ބެލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މާދަމާ ޕޮލިސް ބޯޑަށް ހާޒިރުކުރަން ނިންމައިފިއެވެ.

މީޑީއާތަކަށް ހާއްސަކޮށްގެން ފުލުހުން މިއަދު ބޭއްވި އިވެންޓުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ، މާދަމާ މެންދުރުފަހު 14:00 އަށް އޭނާ ޕޮލިސް ބޯޑަށް ހާޒިރުވާން އަންގަވާފައިވާ ކަމަށެވެ.

ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރު ކުރަނީ މާލެ އާއި މާލެ އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު، އެ އޮޕަރޭޝަންގެ ތެރޭގައި އިޖުރާއަތެއް ގޯސްކޮށް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ޕޮލިސް ބޯޑަށް މައްސަލަ ހުށަހެޅުއްވުމުންނެވެ.

މިއަދު ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ވެސް ގޯހެއް ހަދައިފިނަމަ އެކަން ބެލޭނެ ގޮތްތަކެއް ފަހިވެފައި ހުރުމުގެ ފައިދާ އެންމެނަށް ވެސް ކުރާނެ ކަމަށެވެ.

“އަޅުގަނޑަށް މިއަދު ލިބޭ ހިތްހަމަޖެހުމަކީ ފުލުހުން ކަމެއް ގޯސްކޮށް ކޮށްގެން ވެސް ޖަވާބުދާރީ ކުރުވަން އެކި ދިމަދިމާލުން މަސައްކަތް ކުރުން އަދި ޖަވާބުދާރީ ކުރުވުމަށް ދޮރުތައް ހުޅުވިފައި ވާތީ ނުވަތަ މަގުތައް ކޮށިފައިވާތީ،” ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ބޯޑަކީ ފުހުންގެ ޚިދުމަތާ ގުޅޭގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ދެމުންދޭތޯ ބެލުމާއި، ފުލުހުން ޢަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ފެންނަ ގޮތުގެ ލަފާ ދިނުމަށް އޮންނަ ބޯޑެކެވެ. ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!