ޚަބަރު
މާދަމާގެ ތާރީޚާއި ގުޅުވައިގެން މާލޭގައި 85 ކައިވެނި

ރީތި ތާރީޚުތަކާއި ގުޅުވައިގެން ކައިވެނި ހަފްލާތަކާއި އެހެނިހެން ހަފްލާތައް ފާހަގަކުރުމަކީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް އާންމުވެފައިވާ ކަމެކެވެ. އެގޮތުން މިއަހަރުގެ އެންމެ ރީތ އެއް ތާރީޚުގެ ގޮތުގައި މާދަމާ އަންނައިރު މާލޭގައި 85 ކައިވެންޏެއް ކުރަން ވަނީ ތާވަލުކޮށްފައެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ، މާދަމާ 46 ކައިވެނި ކޯޓުގައި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 39 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރާ ދުވަސް ކަމަށްވެސް އެކޯޓުން ބުންޏެވެ.

މާލޭގައި އިތުރުން އަތޮޅުތެރޭ ގިނަ ރަށްރަށުގެ ކޯޓުތަކުންވެސް މާދަމާގެ ތާރީޚުގައި ކައިވެނިތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިހާތަނަށް ދެން އައި އެންމެ ރީތި ތާރީހަކީ 02.02.2022 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!