ޚަބަރު
ނަޝީދަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ : ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ ކަމަށާއި ތާއީދެއް ނެތް ބޭފުޅަކު މަޖިލިސް ރައީސް ކަމުގައި އިނދެގެން ނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމާއި، އެޕާޓީގެ ޕީޖީގެ އެކި މަގާމުތައް އިންތިހާބު ވެފައިވާ ގޮތަށްބަލާއިރު ނަޝީދަށް މަޖިލީހުގައި ތާއީދެއް ނެތްކަން ހާމަވާ ކަމަށެވެ.

މަޖިލީހުގެ ރައީސަކަށް އިންނަންވާނީ މެމްބަރުންގެ ތާއީދު އޮތް ބޭފުޅެއް ކަމަށާއި، މިއަދު މަޖިލީހުގެ މެމްބަރުންގެ ތާއީދު އޮތީ އަސްލަމަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޕީޖީ އިންތިހާބުގައި އަލީ އާޒިމްއާ ވާދަކޮށް އަސްލަމް ވަނީ ކުރި ހޯދާފަ އެވެ. އެއީ 25 ވޯޓު 40 ވޯޓުންނެވެ. އަދި ޕީޖީގެ ޑެޕިއުޓީއަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

މި ދެ މެމްބަރުންނަކީ ވެސް ރައީސް ސާލިހުގެ ފެކްޝަނުން ވާދަކުރެއްވި މެމްބަރުންނެވެ.

މިކާމިޔާބީއަކީ ރައީސް ސާލިހު ސިޔާސީ ގޮތުން ރައީސް ނަޝީދުގެ މައްޗަށް ހޯދި ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!