ޚަބަރު
މަލީހް އަނެއްކާވެސް ޕީޕީއެމާއި ގުޅިއްޖެ

މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރަ މުޙައްމަދު މަލީހް ޖަމާލު ދެވަނަ ފަހަރަށް ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

މަލީހުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެބޭފުޅުން ބޭފުޅުން ސޮއި ކޮށް، ފޯމު ވަނީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކުރައްވާފައެވެ.

މިސަރުކާރުގެ ފުރަތަމަ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް މަގާމުން ދުރުކޮށްފައިވަނީ މަޖިލީހުން އެބޭފުޅާގެ މައްޗަށް އިތުބާރުނެތްކަމަށް ވޯޓުނެގުމަށްފަހު އެވެ. އަދި އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކުރުމާއިއެކު މަލީހް ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ. މަލީހު މިނިސްޓަރުކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މަގާމުން ވަކިކުރުމާއެކު ޖުމްހޫރީޕާޓީގެ މެމްބަރުކަމުންވެސް މަލީހު ވަނީ ވަކިވެވަޑައިގެންފަ އެވެ.

އަދި އޭނާ ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!