ޚަބަރު
އަންހެނަކު އޭނާގެ ފުރަތަމަ ދަރިފުޅު އުމުރުން 72 އަހަރުގައި ވިހައިފި

ތުއްތު ކުދިންނަށް މި ދުނިޔެއަށް މަރުޙަބާ ކިޔުމަކީ، އަޅުގަނޑުމެން އިންސާނުންގެ ހައިސިއްޔަތުން އެކަކު އަނެކަކާ ޙިއްޞާކުރެވޭނެ އެންމެ ޖާދުވީ ތަޖުރިބާކަމުގައި ބެލެވެއެވެ. މިގޮތުން ތުއްތު ކުދިންނަކީ ދިރިއުޅުމުގެ ކިތަންމެ ކުޑަވަގުތުކޮޅެއްވެސް ޖާދުވީ އުފާވެރި ވަގުތުކޮޅަކަށް ބަދަލުކޮށްލާ މެދުވެރިއަކަށް ވެގެންދެއެވެ.

ތުއްތު ދަރިފުޅު އުރާލެވޭ ކޮންމެ ވަގުތަކު، އަހަރަމެންނަށް ތަފާތު އުފާވެރި އިހްސާސްތަށް ގެނައުމުގެ އިތުރުން އެއްވެސް ޝަރުޠެއްނެތި ލޯތްބާއި، އެކުދިންނަށް ހުޅުވިފައިވާ ނިމުމެއްނެތް ފުރްޞަތުތައް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެއެވެ. ނަމަވެސް ދަރިއަކު ލިބޭ ފަދަ ޖާދުވީ ގޮތަކަށް ވުމަކީ ބައެއްފަހަރު އެހާ ފަސޭހަ ކަމެއް ނޫނެވެ.

އިންޑިޔާއަށް އުފަން ދެމަފިރިޔަކު އެތައް އަހަރެއް ވަންދެން ދަރިޔަކު ހޯދުމަށް މަސައްކަތްކޮށް، ތަފާތު ޑޮކްޓަރީ ފަރުވާ ހޯދިއެވެ. ނަމަވެސް އެއްވެސް ފަރުވާއެއް ކާމިޔާބު ނުވުމުން، ދެމަފިރިން އެންމެ ފަހުން ދަރިއަކު ލިބުމުގެ އުއްމީދުގައި އައިވީއެފް ޓްރީޓްމަންޓްތައް ލިބޭތޯ ބަލަން ނިންމިވެ. ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނު ކަމުގައި ވިޔަސް، ދަރިޔަކު ހޯދާފައި ނޫނީ ހުއްޓާ ނުލުމަށް 72 އަހަރުގެ ޑަލްޖިންދަރު ނަމަކަށް ކިޔާ މި އަންހެންމީހާ އަޒުމް ކަނޑައެޅިއެވެ.

ޑަލްޖިންދަރު އަދި އޭނާގެ ފިރިމީހާ ކައިވެނިކޮށްގެން އެކުގައި ދިރިއުލޭތާ 50 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، ކުއްޖަކު ނުލިބެންޖެހޭ މައްސަލައެއް ފާހަގަކުރެވިފައި ނުވެއެވެ. އައިވީއެފް ޓްރީޓްމަންޓްތަކަކީ ވަރަށް ކާމިޔާބު ޓްރީމަންޓަކަށް ވުމާއިއެކު، ތަފާތު އެތަކެއް ގިނަ ޓެސްޓްތަކެއް ހެދުމަށްފަހު، ޑަލްޖިންދަރުގެ ހަށިގަނޑު ކުއްޖަކަށް ބަލިވެއިނުމަށް ދުޅަހެޔޮކަމަށް ދައްކާތީ، އައިވީއެފް ޓްރީޓްމަންޓްގެ އެހީގައި ދަރިޔަކު ހޯދުމަށް ދެމަފިރިން ނިންމިއެވެ. ޑަލްޖިންދަރުގެ އައިވީއެފް ޓްރީޓްމަންޓަށް، 1 މިލިޔަން އިންޑިއަން ރުޕީސް ޚަރަދުވީ ކަމުގައި ވީނަމަވެސް، ފައިސާއަށްވުރެ ދަރިޔަކު ހޯދުން މުހިންމުކަމަށް ޑަލްޖިންދަރު ނިންމިއެވެ.

ކާމިޔާބު އައިވީއެފް ޓްރީޓްމަންޓްގެ އެހީގައި، މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ، އުމުރުން 72 އަހަރުގައި، މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު އަރުމާން ދުނިޔެއަށް އުފަން ކުރެވުނެވެ. ޑަލްޖިންދަރު ހިމެނިގެން ގޮސްފައިވަނީ މުސްކުޅިއުމުރުގައި ފުރަތަ ކުއްޖާ ވިހެއި، ދުނިޔޭގެ މަދު މައިންގެ ތެރޭގައެވެ.

ފޮޓޯ ސޯޝަލް މީޑިޔާ

ޑަލްޖިންދަރު ދަރިފުޅު ވިހާފައިވަނީ، އެއްވެސް އޮޕަރޭޝަނަކާއި ނުލައި ޤުދުރަތީ ގޮތަށެވެ. އަދި އެހެން މައިންނެކޭ އެއްވެސް ތަފާތެއް ނެތި، ދަރިފުޅަށް ޑަލްޖިންދަރު އެއްވެސް މައްސަލައެއް ނުޖެހި ގާތުން ދެއެވެ. ތުއްތު އަރުމާނު ދުނިޔެއަށް އުފަންކުރުވަން، ތަފާތު ގޮންޖެހުންތަކާއި، ދެމަފިރިންނަށް ކުރިމަތިލާން ޖެހުނު ނަމަވެސް، ދެމަފިރިންނަށް އެކަމުގެ މާބޮޑު ކަންބޮޑުވުމެއް ނެތި ތިބީ އުފަލުން ފޮޅިފައެވެ.

ފޮޓޯ: ސޯޝަލް މީޑިޔާ

ތުއްތު އަރުމާނު މިދެމަފިރިންގެ ދުނިޔަށް މަރުހަބާކިޔާފައިވަނީ، ޖާދުވީ ތަފާތު އުފާތަކަކާއި އެކު ނަމަވެސް، ދަރިފުޅުގެ އުފަންވުމާއިއެކު،  ތަފާތު އެތަކެއް މީޑއާތަކަކަށް، މިދެމަފިރިންނަށް ވަނީ މަރުހަބާކިޔަން ޖެހިފައެވެ. ޑަލްޖިންދަރުގެ ބައްޕަ ބުނެފައިވާގޮތުން، އެމީހުންގެ ދަރިފުޅު އަރުމާނު ވެގެން ގޮސްފައިވަނީ ސެލިބްރިޓީ އަކަށެވެ. އިންޑިޔާގެ ދިއްލީގެ ސިޔާސީ ހަރަކާތްތައް ކަވަރ ކުރުމަށް އުޅޭމިންވަރަށް، އަރުމާނުގެ އުފަންވުމާއެކު، ތަފާތު މީޑިޔާ ދެމަފިރިންގެ ގޭގައި ހަރަކާތްތެރިވެއެވެ.

[visual-link-preview encoded=”eyJ0eXBlIjoiZXh0ZXJuYWwiLCJwb3N0IjowLCJwb3N0X2xhYmVsIjoiIiwidXJsIjoiaHR0cHM6Ly95b3V0dS5iZS8xdVdiZlZ4X2loMCIsImltYWdlX2lkIjotMSwiaW1hZ2VfdXJsIjoiaHR0cHM6Ly9pbWcueW91dHViZS5jb20vdmkvMXVXYmZWeF9paDAvbWF4cmVzZGVmYXVsdC5qcGciLCJ0aXRsZSI6IkhvdyBPbGQ/ISBJbmRpYW4gV29tYW4gSW4gSGVyIDcwcyBCZWNvbWVzIEZpcnN0LVRpbWUgTW90aGVyIiwic3VtbWFyeSI6IiIsInRlbXBsYXRlIjoic3BvdGxpZ2h0In0=”]

ކުޑަކުދިންގެ ސަބަބުން ދިރިއުޅުމަށް ތަފާތު އުފާވެރި ޖާދުވީ އިޙްސާސް ގެނުވައެވެ. އަދި އަރުމާނުފަދަ ޚާއްސަ ކުއްޖަކު ދުނިޔެއަށް އުފަވެގެން ދިޔުމަކީ، އެފަދަ ދެމަފިރިއެއްގެ ނަޞީބުކަމުގައި ވެއެވެ. ތުއްތު އަރުމާނު ދުޅަހެޔޮ ސިއްޙަތެއް އަދި އެ ދެމަފިރިންނަށް އުފާވެރި ދުވަސްތަކަކަށް އެދެމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!