ޚަބަރު
އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްގެ މަސްތުވާ ތަކެތީގެ 53 މައްސަލަ

ފާއިތުވީ ތިން އަހަރުތެރޭ އުމުރުން 14 އަހަރުގެ ކުޑަކުއްޖެއްގެ މަސްތުވާ ތަކެތީގެ 53 މައްސަލަ ރެކޯޑްކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން މިއަދު ނޫސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ވިދާޅުވެފައިވަނީ 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރު 2021 އާ ހަމަޔަށް އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު މަސްތުވާތަކެތީގެ މައްސަލައިގައި އެކިފަހަރު މަތިން 354 މައްސަލަ ރިކޯޑްކުރެވިފައިވާ ކަމަށާއި ފާއިތުވީ ތިން އަހަރުތެރޭ 53 މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އޭގެތެރޭގައި މަސްތުވާ ތަކެތީ ވިއްކުމުގެ 2 މައްސަލަ، މަސްތުވާ ތަކެތި ބޭނުންކުރުމުގެ 16 މައްސަލަ އަދި މަސްތުވާ ތަކެތި ގެންގުޅުމުގެ 35 މައްސަލަ ހިމެނެއެވެ.

ފާއިތުވީ 2021 ވަނަ އަހަރު އެކުއްޖާ މަސްތުވާތަކެތި ބޭނުން ކުރުމުގެ 12 މައްސަލަ ރިކޯޑް ކުރެވިފައިވާއިރު މަސްތުވާ ތަކެތި ވިއްކުމުގެ މައްސަލައެއްވެސް ވަނީ ރިކޯޑްކުރެވިފައެވެ. އަދި މަސްތުވާ ތަކެތި ގެންގުޅުމުގެ 25 މައްސަލަ ރިކޯޑްކުރެވިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 932 ކުއްޖަކު މީގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަށާއި ކުޑަކުދިން މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހިމެނޭ އަދަދު ގިނަ ކަމަށެވެ. އެގޮތުން އުމުރުން 13-18 އާއި ދެމެދުގެ ކުދިންގެ ތެރެއިން އެންމެ ގިނައީ 18 އަހަރުގެ ކުދިން ކަމަށާއި އެ އުމުރުގެ 525 ކުދިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މިއުމުރުގެ ކުޑަކުދިން ކުށުގެ ވެއްޓަށް ނުކުތުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި އާއިލާއިން އެކުދިންނާއިމެދު އިހުމާލުވެ އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!