ރިޕޯޓް
މިކަހަލަ ކަންކަމުގެ ސަބަބުން ހުވަދުއަތޮޅުގެ ޤުދުރަތީ މުއްސަނދިކަން ހަލާކުވަނީ

ހުވަދު އަތޮޅަކީ މަސްވެރި އަތޮޅެކެވެ. އަތޮޅުގެ ވަށައިގެން ކަންނެއްޔާއި ކަޅުބިލަމަސް އައިނު އައިނަށް އުޅެއެވެ. މިއައިނުތައް ހޯދުމުގައި ދޫނިތަކުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެއެވެ.

ހުވަދުއަތޮޅު މަސްވެރި އަތޮޅަކަށް ވަނީ ހުވަދުއަތޮޅުގެ ވަށައިގެންނާއި އަތޮޅުގެ އެތެރެވަރީގައި ވެސް ބޮޑެތި މަސް އައިނުތައް އަހަރުގެ ކޮންމެ މޫސުމެއްގައި އަދި ކޮންމެ ދުވަހަކުވެސް ތިލަވެ އުޅޭތީއެވެ. މިމަސްތަކަށް މީރު އެމުގެ އެކިބާވަތުން ހުވަދު އަތޮޅުގެ ފަރުތައް މުއްސަނދިކަމުންނެވެ.

މަސްއައިނުގައި އުދުހިއުޅޭ މަސްއައިނުތަކުން ކައިބޮއި ހަދާ ދޫނިތައް އަރާ ބިސްއަޅައި ދަރިމައިވާ އެތައް ރަށެއް ހުވަދު އަތޮޅުގައި އޮތީމައެވެ. ހޯރައަރާ މަރުކަޒީ ރަށެއް ވެސް ހުވަދު އަތޮޅުގައި އޮތީމައެވެ.

އެހެން އަތޮޅުތަކުގެ ރަށްތައް ފަދައިން ހުވަދު އަތޮޅުގެ ރަށްތައްވެސް ވަރުވާއަށް ލިޔެދީގެން ނުވަތަ ކުއްޔަށް ދީގެން ނުވަތަ އެހެންވެސް ގޮތަކުން ފައިސާ ފޮއްޗެއް ހޯދައި ދައުލަތުގެ ޚަޒާނާއަށް ވެއްދުމަކީ ޒަމާނުއްސުރެ ދައުލަތުން ކުރާ ކަމެކެވެ. އެކަމަކު ދޫނިއަރައި ނިދައި ބިސްއަޅައި ކުދިކުދީ ދޫނިތަކުގެ ހާލިތައް ހުންނަ ރުކެއް އަދި ލަކުޑީގެ ބާވަތެއްގެ ގަހެއް ނުހުންނަ ރަށްރަށް އެއްވެސް މީހަކަު ވަރުވާއަށް އަދި ކުއްޔަށްވެސް ކުރިން ނުނަގައެވެ. އެއީ އެއިން ރަށަކުން ލިބޭނޭ މާލީ މަންފާއެއް ނެތީމައެވެ.

މިފަދަ. ރަށްތަކަށް ދޫނިއަރައި އުޅުމުން މަސްވެރިކަމުގެ ޞިނާޢަތުން މަސްވެރިކަމަށް މަސްވެރިންނަށް ލިބޭ ފައިދާ ބަޔަކަށް ނޭގެއެވެ. މަސްވެރިކަމާއި ޓުއަރިޒަމާއި ތިމާވެށީގެ ވިސްނުމަކުން ސަރުކާރުން ވެސް މިރަށްތަކަށް ކަޅިޔެއް އަޅާތީ ނުފެނެއެވެ.

މިފަދަ ރަށްތައް ހުންނަނީ އެގްރިކަލްޗަރުގެ ވަރުވާ ލިސްޓުގައެވެ. މަސްވެރިކަމުގެ އެންފަރެއް ދޫނި ރަށެއް މަސްވެރި ލިސްޓަކު ނޯވެއެވެ. އަދި ޓުއަޒިމުގެ ނުވަތަ ތިމާވެށީގެ ލިސްޓަކުވެސް މިކަހަލަ ރަށެއްގެ ވާހަކަ ބަޔަކު ލިޔުނު ކަމެއް ނޭގެއެވެ.

މިކަހަލަ ދަނޑުވެރިކަމެއް ނުކުރެވޭ ލަކުޑިއަށް ކަމުދާ ގައެއް އަދި ކާށްޓެއް ލިބޭ ރުކެއް ނެތް ރަށްރަށް ވެސް ކުއްޔަށް ހިފާނޭ މީހަކު ހޯދަން އަބަދު އިޢްލާން ކުރާތީ ޕިކްނިކަށް ދީ ފައިސާ ހޯދުމަށް މިކަހަލަ ރަށްތައް މިހާރު އެބަނަގައެވެ.

ވިސްނަވާލައްވާށެވެ. ދައުލަތަށް އާމްދަނީ ހޯދަން ދޫނިތަކުގެ ހާލިތައް ކުއްޔަށް ދިނީއެވެ. ކުއްޔަށް ހިފި ފަރާތުން ރަށުން ދަރުކޮށައި، ވެލިނަގައި ދަތުރުދާން ވިއްކައި އަގު ޖައްސަނީއެވެ.

ދޫނިތަކަށް މިނިވަންކަމާއި ރައްކާތެރި މާޙައުލު ގެއްލުނީއެވެ. ދޫނިތަކުގެ އޮޅުކަން ގެއްލި ވަގުވެ ފިލަނީއެވެ. އައިނަކު ދޫންޏެއް ނެތެވެ. މަސްވެރިންނަށް އައިނު ހޯދަން ދަތިވެއްޖެއެވެ. މަސްވެރިކަމަށް ނޭދެވޭ އަސަރުވެސް ކޮށްފިއެވެ.

ދެންއޮތީ ޤުދުރަތީ ނިޒާމުން ބޭރުގެ ވަސީލަތަކުން ނުވަތަ ފިޝް ފައިންޑަރަކުން މަސް ހޯދުމެވެ. އެކަމަކު ލައްކަ ދުއްވުމެއް ދުއްވަން ޖެހޭނެތާއޭ ހިތަށް އަރައެވެ.

ތިމާވެށީގެ ނަޒަރިއްޔާއަކުން ދޫނިތައް އަދާކުރާނޭ ދައުރާމެދު ވިސްނާލުމަކީ ވެސް ނެތްކަމެއް ނޫނެވެ. މިޒަމާނުގެ ރަންބިސް އަޅާކުުކުޅު ނުވަތަ ޓުއަރިޒަމަށް ދޫނި ދައްކައިގެން ކުރާނޭ ފައިދާއެއް ވެސް އޮވެދާނެއެވެ.

ކޮންމެއަކަސް އަހަރެމެންގެ މިކަހަލަ ކަންކަމުގެ ސަބަބުން ހުވަދުއަތޮޅުގެ ޤުދުރަތީ ވެށީގެ މުއްސަނދިކަން ހަލާކުވަނީއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!