ޚަބަރު
“ހުވަދޫ ކުރުވާހަކަ” ގެ ނަމުގައި ކުރުވާހަކަ ލިޔުމުގެ މުބާރާތެއް!

ހުވަދޫ މީޑިއާ ގްރޫޕްގެ ފަރާތުން “ހުވަދޫ ކުރުވާހަކަ” ގެ ނަމުގައި ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވާން ނިންމައިފިއެވެ. މި މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހުވަދޫ ނިއުސްގެ ސީއޯއޯ ޢަލީ ޝާނިޒް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މާރޗް މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.

ޝާނިޒް ވިދާޅުވީ، މި މުބާރާތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 3000 ދިވެހި ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަމަށާއި، އަދި އެއްވަނައަށް ދާ ވާހަކަ ހޮވުމަށް ފަނޑިޔާރުންގެ ޕެނަލެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި މި މުބާރާތުގައި 3 ފަނޑިޔާރުން ތިއްބަވާއިރު، އެ 3 ފަނޑިޔާރުންނަކީވެސް ދިވެހި ބަހުގެ ޑިގްރީ އޮތް އަދި ދިވެހި ބަސް ކިޔަވައިދިނުމުގައި 5 އަހަރަށް ވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ކަމުގައިވެސް ޝާނީޒް ވިދާޅުވިއެވެ.

“މި މުބާރާތަކީ ހުވަދު އަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ އެކި އުމުރުގެ ބޭފުޅުންނަށް ޚާއްސަކޮށް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން، ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލެވިގެން ހުވަދޫ މީޑިއާ ގްރޫޕްގެ “ހުވަދޫ ނިއުސް” އިން ފުރަތަމަ ފަހަރަށް ބޭއްވޭ މުބާރާތެއް” — ޝާނިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާނިޒް ވިދާޅުވީ ކޮންމެ ލިޔުންތެރިޔަކަށްވެސް އެންމެ ގިނަވެގެން ހުށަހެޅޭނީ 3 ވާހަކަ ކަމަށާއި، މި މުބާރާތަށް ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅާ އެއްވެސް ވާހަކައެއްގައި ދީނީ ގޮތުންނާއި ރާއްޖޭގެ ގާނޫނުގައި މަނާކޮށްފައިވާ ކަމަކަށް އަރައިގަތުމަށް ހިތްވަރުދޭނަމަ އެކަން އެވާހަކައިގެ ލިޔުންތެރިޔާ އަށް އަންގައި އެ ވާހަކައެއް ބަލައި ނުގަންނާނެ ކަމަށަށާއި މުބާރާތަށް ހުށަހަޅާ ވާހަކަ ހުވަދޫ ބަހުންވެސް ލިޔެފައި ހުށަހެޅޭނެ ކަމަށް ޝާނިޒް ވިދާޅުވިއެވެ.

“މި މުބާރާތުގައި ފާހަގަކޮށްލެވޭ ކަމަކީ، މި މުބާރާތަށް ހުށަހަޅާ ވާހަކަ ހުވަދޫ ބަހުންވެސް ލިޔެގެން ހުށަހެޅޭނެ” — ޝާނިޒް ވިދާޅުވިއެވެ.

ހުވަދޫ ނިއުސް އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ހުށަހެޅޭ ވާހަކަތައް “ހުވަދޫ ނިއުސް” ގެ ވެބްސައިޓު މެދުވެރިކޮށް ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ވެބްސައިޓު މެދުވެރިކޮށް 120 ގަޑި އިރުތެރޭ އެންމެ ގިނަ މީހުން ކިޔާ ވާހަކަ އަކަށްވެސް ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން 120 ގަޑިއިރު ހަމަވާ ވަގުތު ވާހަކަ ކީ އަދަދު ހުވަދޫ ނިއުސް އިން ރިކޯޑްކުރާއިރު، އެ މައުލޫމާތު ލިޔުންތެރިޔާ އާއި ހިއްސާކުރާނެއެވެ.

“ހުވަދޫ ކުރުވާހަކަ” ލިޔުމުގެ މުބާރާތް – ވާހަކައެއް ލިޔެލައިގެނ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!

މުޅި ޖުމްލަ 1500 ބަހަށް ވުރެ އިތުރު ނުވާނޭ ގޮތަކަށް ކުރުވާހަކަ ލިޔުމަށް ފަހު މައިކްރޯސޮފްޓް ވޯޑް ފައިލެއްގައި ހުވަދޫ ނިއުސްގެ މެއިލް ( news@ahmedh99.sg-host.com ) އަށް ވާހަކަ ފޮނުވުމަށް މިހާރު ހުޅުވާލާފައިވާ އިރު، ވާހަކަ ލިޔެފައިވާ ފައިލާއި އެކު ލިޔުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީ އެއް ހުށަހަޅަން ޖެހެއެވެ. އަދި މައިކްރޯސޮފްޓް ވޯޑް ފައިލުގައި ވާހަކައިގެ ނަމާއި، ލިޔުންތެރިޔާގެ ފުރިހަމަ ނަމާއި، ގުޅޭނެ ފޯނު ނަންބަރ ހިމެނިފައި އޮންނަ ޖެހެއެވެ.

މިމުބާރާތާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހުވަދޫ މީޑިއާ ގްރޫޕްގެ ހޮޓްލައިން ނަންބަރ 9334888 އަށް ގުޅުއްވައިގެން ނުވަތަ ހުވަދޫ ނިއުސްގެ ފޭސްބުކް ޕޭޖް އަށް މެސެޖްކޮށްގެން މައުލޫމާތު ސާފުކުރެއްވުމަށް އެދެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!