ޚަބަރު
ޔޫކްރެއިންގައި ތިބި ދިވެހިން ގެންނަން ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް، ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެންނަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ފޮރިން މިނިސްޓްރީން އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރާއެކު އިރުމަތީ ޔޫރަޕް އަދި މުޅި ދުނިޔޭގެ މަސްރަހުވެސް ވަނީ ގޯސްވެފައެވެ. އެގޮތުން ރަޝިޔާއިން ވަނީ މިފަހުން ޔޫކްރެއިންއާއި ގުޅޭ ބޯޑަރު ކައިރީ 100،000 އާއި ގާތްކުރާ އަދަދަކަށް ސިފައިންނާއި ޓޭންކް އަދި ހަނގުރާމަ މަތީ ހަތިޔާރު ވަނީ ޖަމާކޮށްފައެވެ. އޭގެ އިތުރުންވެސް ބެލަރޫސްގައިވެސް ރަޝިޔާގެ ސިފައިން އެބަ ތިއްބެވެ. ބެލަރޫސްގައި ރަޝިޔާ ސިފައިން ތިވީ ހަނގުރާމަ މަތީ ފަރިތަކުރުންތަކަކަށެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިންއާއި ދެކޮޅަށް އެއްވެސް ހަމަލާއެއް ދޭކަށް ރޭވުމެއް ނެތްކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް އެމެރިކާ އަދި ނޭޓޯގެ ގިނަ ލީޑަރުންތަކެއްވެސް ވަނީ ރަޝިޔާގެ އަމަލުތަކާއި ޖާސޫސީ ރިޕޯޓުތަކުން ރަޝިޔާއިން ހަމަލާ ދޭން އުޅޭކަމަށް ބެލެވޭކަމަށް ބުނެފައެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިން ނޭޓޯ އެލަޔަނަސްއަށް ވަނުމުގެ ހުއްދަ ނުދޭނެކަމުގެ ގެރެންޓީއެއް ދިނުމަށް ހުޅަނގަށް ގޮވާލާފައެވެ. އަދި ނޭޓޯއިން ރަޝިޔާއަށް އަމާޒުކުރާ ނުރައްކާވެސް ކުޑަ ކުރުމަށް އެގައުމުން ގޮވާލައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!