ވިޔަފާރި
ފަތުހުއްނިސާގެ ތަޖުރިބާ : ޓްރީ ޓޮޕް ހޮސްޕިޓަލުން މައިބަދައިގެ ތަދަށް ސްޕައިން ސާރޖަރީ

ފަތުހުއްނިސާ މައިބަދައިގެ ތަދުގެ ވޭން ތަހައްމަލު ކުރާތާ 15 އަހަރު ވެދާނެއެވެ. މި ފަހުން ފަތުހުއްނިސާ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މައިކުރޯ
ޑިކޮމްޕެރެޝަން މައިބަދައިގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. ފަތުހުއްނިސާ މައިބަނދައިގެ މައްސަލައަށް ހައްލެއް ހޯދުމަށް 15 އަހަރު މަސައްކަތް ކޮށްފައިވެއެވެ. ތަދު މަޑުކުރުމަށް އޮޕަރޭޝަން ނުކޮށް ދޭތެރެއަކުން މައިބަނދައަށް ވަނީ އިންޖެކްޝަންވެސް ޖަހާފައެވެ.

ޑޮކްޓަރުންގެ ލަފާ ހޯދުމުގެ ތެރޭގައި ޑރ. ހުއާން އަށް ދެއްކުން ވެގެން ދިޔައީ ފަތުހުއްނިސާގެ މައިބަދައިގެ ތަދަށް ލުއެއް ލިބޭނެކަމުގެ އުންމީދު އާވި
ކަމަކަށެވެ. ޑރ. ހުއާންގެ ލަފާ ލިބުމުން ހިތްހަމަޖެހުމާއި އެކު ސަރޖަރީ ކުރުމަށް ފަތުހުއްނިސާ ނިންމިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މި ސަރޖަރީ ކުރަމަށް ނިންމި މައިގަނޑު ސަބަބަކީ މި ސަރޖަރީ ކާމިޔާބުކަމާއިއެކު ކޮށްފައިވާ ރަށު މީހުންގެ ތަޖުރިބާ އާއި ރާއްޖޭއިން ބޭރަށް ދަތުރު ނުކޮށް ފަސޭހަ ކަމާއިއެކު ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ލިބޭނެތީއެވެ.

ސަރޖަރީއަށް ފަހު ހެލިފެލިވެ އުޅުމަށް އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ސަރޖަރީއަށްފަހު ފަތުހުއްނިސާ ވަނީ ފިޒިއޯ ތެރަޕީގެ ހިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރިހިމަކޮށްފައެވެ. މި ރަނގަޅު ތަޖުރިބާގެ އަލީގައި ފަތުހުއްނިސާއާއި ފަދައިން މައިބަނދައިގެ މައްސަލަ ހުންނަ މީހުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ހޯދުމަށް ނަސޭހައްތެރިވެއެވެ.

ޑރ. ހުއާން ލޮރީޑޯ އަކީ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަން ތަކަށް ޙާއްސަ ކޮންސަލްޓަންޓް ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ
ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، މިނިމަލީ އިންވޭސިވް ނުވަތަ ވީހާވެސް ކުޑަކޮށް ފަޅާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރެއްވުމަށެވެ. އޭނާ
ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޝަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން
އިންސްޓިޓޫޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ އިސް މަގާމުތައް ފުރުއްވަވާއެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯ
ސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާރޖަރީ، އަދި ޑެލަސްގައި
ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ޙާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށްވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ
ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފަރާ

    ތިސަރޖަރީ އަށް ހޮސްޕީޓަލްގެހުރިހާ ބިލް ތަކަށް ހޭދަކުރެއްވި ފައިސާގެތަފްސީލް އެގޭނެ ގޮތަކަށް މިލިއުމުގައި އޮތްނަމަ ވަރަށް ފުރިހަމަ ވީސް.