ޚަބަރު
ރަމްޟާން މަހާއި ދިމާކޮށް ވާދޫ ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަނީ

މި އަހަރުގެ ރަމްޟާން މަހާއި ދިމާކޮށް ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޤުރުއާން މުބާރާތަކީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކަނޑައެޅިފައިވާ މުޤައްރަރަށް ކިޔަވާ އުސޫލުންނެވެ.

ވާދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި ފެށޭ މާރޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ދެމެދު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ވާދޫ ކައުންސިލް އިދާރާ އަށް ހުށަހެޅުއްވުމަށެވެ.

އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ވާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނަ އިރު މުބާރާތުގައި ބައިވެރި ވެވޭނެ އުމުރު ފުރާތަކާއި، މުޤައްރަރު ވަދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ވާދޫ ކައުންސިލްގެ ޤުރުއާން މުބާރާތާއި ބެހޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ވާދޫ ކައުންސިލް އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުމަށް ވާދޫ ކައުންސިލުން އެދެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!