ޚަބަރު
އިންޑިއާއިން ހައްޔަރުކުރި ރަޝީދާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގުން ހާމަވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު އިންޑިއާއިން ރާއްޖެ ފޮނުވަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށީ، އާމިނަތު ރަޝީދާ، 58، ހައްޔަރުކުރީ އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަތަނާ އެއަރޕޯޓުން މިދިޔަ އަންގާރަދުވަހުއެވެ.

އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ދިން ތިން ދުވަހުގެ މުއްދަތު ހަމަވުމުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް، 14 ދުވަސް ޖަހާފައެވެ.

އިންޑިއާގެ މީޑިއާތަކުން އެންސީބީއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އަންނައުނު ވިޔަފާރިކުރާ ރަޝީދައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހެއްކަން އެނގުމާއެކު، ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރެފައިވާ ކަމަށެވެ. އެ ލިޔުން ނެރުނީ ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައިގަ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.

މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފާތުމަ

    ތިޔަމީހާ ވިލިމާލެ ތެރޭން ފެނުނު ފުރަތަމަ ދުވަހުވެސް މަގޭ ހިތަށް އެރި ހާދަ ވަގުފާޑު ޖަހައޭ. އެއީ 10 ވަރަަކަށްް އަހަރު ކުރިން. އޭގެ ފަހުން ވެސް ދޭތެރެއަކުން ފެނުނީމަވެސް ހިތްނުތަނަވަސްވޭ. ކުުއްލިޔަކަށް މަންމަޔާ ގުޅާލައިގެން އުޅެނިކޮށް ބުނެފިން މާ ރަނގަޅު މީހެއްހެން ހީ ނުވެޔޭ. މަންމަވެސް އިތުރު ސުވާލަކާނުލާ ގުޅުން ކަނޑާލައިފި. ހީވަނީ މަންމައަށްވެސް ގޮތެއް ހީވީހެން. އޭގެެ ފަހުން އިނގުނީ މީނަގެ ފިރިހެން ދަރިއެއް ބޮއެގެން އުޅޭކަން އަދި އޭގެ ލާރި ބޭނުންކުުރާ އަޑުވެސް އެހިން. އަދި އެކަނިމާއެކަނި ލަަންކާ، އިންޑިޔާ އަދި ބެންކޮކަށް ދާ ވާހަކަވެސް އަޑުއެހިން. ހައިރާންްވެސްވި އެދައިތަ އެކަނި ދާތީ. ހީކުރީ އަސްލު ބިޓުން ކަމެއްްގަ ކަމަށް.ދަނީ. މިހާރު މި އިނގުނީ މީ ޑްރަގްލޯޑެއްކަން. ޕިސްޕިސް. ބަލާލާފަަ ނޭނގޭނެ.