ޚަބަރު
ހަނިމާދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

ހދ ހަނިމާދޫގައި ދަންޖެހިގެން ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހަނިމާދޫ ސިއްޚީ މަރުކަޒުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ 11:30 އެހާކަންހާއިރު މީހަކު ދަންޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިއްޚީ މަރުކަޒުން އެތަނަށް ދިޔައިރު ދަންޖެހިފައި ހުރި މީހާ އޮތީ ނަގާފައި ކަމަށާއި، އަދި އޭނާ ވަނީ މަރުވެފައި ކަމަށެވެ.

ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އުޅޭ އެހެން މީހަކަށް ކަމަށާއި، އޭނާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ގޭގެ ސިޓިންރޫމްގައި ކަމަށެވެ.

މިމައްސަލައާ ގުޅޭ ގޮތުން ފުލުހުން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އާއިލާއަށް ހަށިގަނޑު ހަވާލުކޮށްފައިވަނީ ރޭ 1:40 އެހާކަންހާއިރުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ާއަހައްމަދު

  މިކަހަލަ ހިތާމަވެރި ޚަބަރެއްޖަހާއިރު ހެވިފަ ހުރިމީހެއްގެ ފޮޓޯއެެއް އިސްތިހާރަކަށް ވިޔަސް ޖެހުމުން ކަމަކު ނުދޭ

 2. އާމިނަތު

  ކީއްކުރާނީ އިސްތިހާރު ކުރެވިއްޖެއްޔާ އެނިމުނީނު