ޚަބަރު
ތިނަދޫ ހޮސްޕިޓަލަށް ފޮނުވި 5 ޑޮކްޓަރުން ވަނީ ފިލާފައި – މިނިސްޓަރ ނަސީމް

ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ތިނަދޫއަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލައިފައިވާކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ހޮސްޕިޓަލްގެ މައްސަލައާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އާއި ސުވާލު ކުރެއްވުމުންނެވެ.

މެމްބަރު މުޣުނީ ވަނީ ތިނަދޫ ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް “ހަރު ނުލަނީ” ކީއްވެތޯ މިނިސްޓަރާއި ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ދާދި ފަހުންވެސް ތިނަދޫ ހޮސްޕިޓަލަށް ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި، އެހެން ނަމަވެސް އެޑޮކްޓަރުން ފިލައިފައިވާ ކަމަށެވެ.

“ތިނަދޫ ހޮސްޕިޓަލަށް އަޅުގަނޑުމެން މި ދޭތެރެއިން ވެސް ފޮނުވިން ފަސް ޑޮކްޓަރުން އިނގޭތޯ. ފޮނުވީމާ ފިލައިގެން ދިޔައީ އެ މީހުން. ދެން އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް ފިލައިގެން ދިޔައީކީ. އަޅުގަނޑުމެން އެ ތަނަށް ޑޮކްޓަރުން ފޮނުވައި އެކަހަލަ ކަންކަން އެބަ ކުރެވޭ،” ނަސީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ޑޮކްޓަރުން މިގޮތަށް ފިލައިގެން ދިއުމަކީ އޭގެ ސަބަބުން މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއްވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ހިނގައިގެން ދިޔަ ނުދިނުމަށް ހޮސްޕިޓަލުތަކުން އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

“ދެން ޑޮކްޓަރުން ހިފެހެއްޓޭތޯ ބެއްލެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، އެ މީހުން ފިލައިގެން ދިއުމުގެ ކުރިން އެނގޭ ކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ވެސް މެ، އެއާޕޯޓާ ހަމައިން. އެ އިންތިޒާމު ވެސް އަޅުގަނޑުމެން އޮންނާނީ ހަމަޖައްސައިފަ،” ފޮނުވާ ޑޮކްޓަރުންނަށް ހޮސްޕިޓަލުތަކުން އިތުރަށް ސަމާލުވުމަށް އެދި ނަސީމް ވިދާޅުވިއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ ތަނަކަށްވެފައި އެތަނުގައި ޑޮކްޓަރުންގެ ދަތި ކަމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާވާހަކައެކެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސައީދު

    ތިނަދޫ ހޮސްޕިޓަލަށް ފޮނުވި ސްޕެޝަލިސްޓް ޑޮކްޓަރުން ފިލީއެއްނޫނެވެ. އެ ޑޮކްޓަރުން މިހާރު ދަނީ ތިނަދޫ ސިޓީގަ ހުންނަ ޓާޝަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންނެވެ