ޚަބަރު
ކޮވިޑަކީ މިހާރު އާދައިގެ ރޯގާއެއް، މާސްކު އެޅުން މަޖުބޫރުކުރުން ހުއްޓާލަން ޖެހޭ – އާޒިމް

ކޮވިޑް-19 އަކީ މިހާރު އާދައިގެ ރޯގާއެއް ކަމަށާއި، މާސްކު އެޅުން މަޖުބޫރު ކުރުން ފަދަ ފިޔަވަޅުތައް އެޅުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ، މިއަދު ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އާޒިމް ވިދާޅުވީ، ތައުލީމީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީވެސް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ.

އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ކޮށްގެން އުޅޭތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވެސްވެފައިވާއިރު، މިކަމަކީ ބޮޑު ޖޯކެއް ކަމަށާއި، އެކަމުގެ ސަބަބުން ގާނޫނުތަކެއް ސަސްޕެންޑްކޮށް ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާތަކެއް ނަގަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

“ދުނިޔޭގެ ކޮން ގައުމެއްގައިތޯ މިހާ ދިގުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އޮތީ އަޅުގަނޑުމެން އެބަ ޖެހޭ ސުވާލުކޮށްލަން، ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް މިހާރު މި ރޯގާއަކީ އާދައިގެ ރޯގާއެއް ކަމަށް އިއުލާންކޮށްފައި އެ ވަނީ،” އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ 85 އިންސައްތަ އާބާދީން މިހާރު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ބޫސްޓަ ޑޯޒް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު ރާއްޖޭގައި ވެސް އެއީ އާދައިގެ ރޯގާއެއް ގޮތުގައި އިއުލާންކޮށް ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މާސްކް އެޅުން ހުއްޓާލަން އެބަ ޖެހޭ، މަޖިލިހުން ސަރުކާރަށް އެބަ ގޮވާލަން ޖެހޭ، މާސްކް އެޅުން ހުއްޓާލަން ޖެހެއޭ، ކޮވިޑް ނިމިއްޖެއޭ، މިއީ އާދައިގެ ރޯގާއެކޭ މިހާރު، އަޅުގަނޑުމެންގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔަވައިދޭނެ ގޮތްތައް ހަދަން އެބަ ޖެހެއޭ – މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް މިހާރު މި ރޯގާއަކީ އާދައިގެ ރޯގާއެއް ކަމަށް އިއުލާންކޮށްފި ކަމަށް އާޒިމް ވިދާޅުވި ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އިތުރު އެއްވެސް ގައުމަކުން ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ނިންމައި ކޮވިޑްގެ ފިޔަވަޅުތައް އުވާލަން ނިންމާފައެއް ނުވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޑިންގީ

    ދިޔާ އެއްޗެއް ބޮވިގެން އެއުޅެނީ