ޚަބަރު
އެސީސީއަށް ކުރިމަތިލި މެމްބަރުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، އޭސީސީއަށް އައްޔަން ކުރަން ފެންނަ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވާފައި ކަމަށާއި، އެނަންތައް ހާމަކުރާނީ މަޖިލީހުން ކަމަށެވެ.

އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި ވަނީ އެމެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމުންނެވެ. އޭސީސީއަށް މެމްބަރުން އައްޔަން ނުކޮށް ލަސް ކުރާތީ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އެއާގުޅިގެން އޭސީސީގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ.

އޭސީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުވާފައި މިވަނީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!