ޚަބަރު
އެމްއެންޑީއެފް ވެހިކަލްއަކަށް އިންޑިއާ ސިފައިން އެރުވި ފޮށީގައި ހުރީ އުޅަދެއް މަރާމާތު ކުރުމަށް ގެނައި ޓޫލްތައް – އެމްއެންޑީއެފް

މީސްމީޑިއާގައި ދައުރުވަމުންދާ އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް ހިފައިގެންދާ މަންޒަރު ފެންނަ ފޮޓޯއަކީ، އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދެއް މަރާމާތު ކުރުމަށް، އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އަދި ސިފައިންގެ ވެހިކަލަށް އެރުވި ފޮށިގަނޑުގައި ހުރީ އުޅަނދު މަރާމާތު ކުރުމަށް ބޭނުންވާ ޓޫލްތައް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ކަމަށެވެ.

އަދި މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމް.އެން.ޑީ.އެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެޤައުމަކުން ފޮނުވާޓެކްނީޝަނުންގެ ޓީމެއް ބޭނުންވާޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސްކަމަށާއި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާ ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު “ޝިޕް ހުރަވީ” މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް 02 ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެގޮތުން ދާދިފަހުން އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއިން ފެންނަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ “ޝިޕް ކާމިޔާބު” މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 2 ސިވިލް ޓެކްނީޝަނުން ކަމަށާއި، މަސައްކަތް ފުރިހަމަ ކުރުމަށްފަހު އެމީހުން މިމަުގެ 19 ވަނަ ދުވަހު ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަދި އެގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ސިފައިންނާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!