ޚަބަރު
ކުށުގެ ވެށީގައި އުޅޭ ބިދޭސީން ރާއްޖޭގައި ފަސޭހައިން އުޅުމަށް ދިވެހިންނާއި ކައިވެނިކުރޭ: އިމިގްރޭޝަން

ރާއްޖޭގައި އުޅުމަށް ފަސޭހައަކަށް ކުށުގެ ވެށީގައި އުޅޭ ބައެއް ބިދޭސީން ދިވެހިންނާއި ކައިވެނިކުރާ ކަމަށް އިމިގްރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީންނަކީ ހަށިވިއްކުންފަދަ ބޮޑެތި ކުށްތަކުގައި ހިމެނޭ ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި މިފަދަ ބިދޭސީން “މެރިޖް އޮފް ކޮންވީނިއެންސް” ގައި ނުވަތަ އުޅެން ފަސޭހައަކަށް ކައިވެނިކުރަނީ އުމުރުން ދުވަސްވީ ދިވެހިންނާއި ކަމަށެވެ.

އެހެންކަމުން ދިވެއްސަކާއި އިނދެގެން ހުންނަ ބިދޭސީއަކު ރާއްޖެއިން ފޮނުވާލުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

“ވިސާ ކެންސަލް ކުރަން ބަލާއިރު އަޅުގަނޑުމެންނަށް މިވާ ގޮތަކީ އެކައިވެނީގައި، ގިނަ ދުވަސްވެފައި ތިބި ކައިވެނިވީމާ ކުދިން އެބަތިބޭ. އެހެންވީމާ، ބައްޕައެއް ނުވަތަ މަންމައެއް ފޮނުވައިލަންވީމާ އެފަދަ މައްސަލަތައް ކުރިމަތި އެބަވޭ،” ޝިފާން ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން އިމިގްރޭޝަނުން ފުލުހުންނާ ވެސް މަޝްވަރާކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް އެ ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ބިދޭސީއަކާއި ދިވެއްސަކު ކައިވެނިކުރާއިރު ކޯޓުން އިމިގްރޭޝަންގެ ހުއްދަ ހޯދާކަމަށެވެ. އަދި އެމީހަކީ ޤަވވައިދާ ޚިލާފަށް އުޅޭ ބިދޭސީއަކުތޯ ބަލާކަމަށެވެ.

ހަނަފީ އިތުރަށް ވިދާޅުވީ މިފަދަ ކައިވެނިތަކުގެ ނާޖާއިޒް ފައިދާ ބިދޭސީން ނަގަމުންދާ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!