ޚަބަރު
މާދަމާ ހެދުނު މަޑަވެލީގައި އިހުތިޖާޖު ކުރަނީ
ގދ.މަޑަވެލީގައި މާދަމާ ހެދުނު އިހުތިޖާޖެއް ބާއްވާން އެރަށު ޒުވާނުން ނިންމައިފިއެވެ.
ހުވަދު ނިއުސްއަށް މައުލޫމާތު ދެއްވަމުން މިއިހުތިޖާޖް ހިންގާ ޒުވާނުންގެ ޓީމުން ބުނެފައިވަނީ މާދަމާ ހެދުނު އެރަށު ކައުންސިލް ކުރިމަތީގައި އިހުތިޖާޖް ކުރުމަށް ނިންމާފައިވާ ކަމަށާއި މިއީސުލްހަވެރިކަމުގެ އެއްވުމެއް ކަމަށެވެ.
މަޑަވެލީ ގިނަ އަދަދެއްގެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ މިއިހުތިޖާޖުގެ މައިގަނޑު މަޤްސަދަކީ މަޑަވެލީގައި މިވަގުތު އަޅާފައިވާ “ކަރަންޓު ވިއުގަ” ބަދަލުކޮށްދެއްވުމަށް އެދި ކުރާ އިހުތިޖާޖެކެވެ. އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޒުވާނުން އިސްނަގައިގެން ހިންގާ ހަރަކާތެއް ކަމަށް މައުލޫމާތު ދިނެވެ.
އެޓީމުުން ބުނާގޮތުގައި މަޑަވެލީގައި މިވަގުތު އަޅާފައި އޮތީ ވަރަށް ގިނަ ދުވަސްވީ ވިއުގައެކެވެ. އެހެންކަމުން އެރަށު ގިނަ ގެތަކަށް ކަރަންޓު ލިބުމުގައި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން ގޭގައި ހުންނަ އިލެކްޓްރޯނިކް ސާމާނުތައް އަވަސް އަވަހަށް ހަލާކުވެ ރަށުގެ ރައްޔިތުންނަށް ގެއްލުން ލިބެމުންދާ ކަމަށް އިހުތިޖާޖް ޓީމުން ވަނީ މައުލޫމާތު ދީފައެވެ.
މިމައްސަލަ މިހާރުވަނީ އެރަށު ކައުންސިލަށް ހުށަހަޅާފައެވެ. އެޓީމުން ބުނަނީ މާދަމާ ކުރަން ހަމަޖެހިފައިވާ އިހުތިޖާޖްގެ ސަބަބުން މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސް ހައްލުވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!