ޚަބަރު
ހައިކޯޓުގެ އަމުރު ސަސްޕެންޑްކުރި މެޖިސްޓްރޭޓް ޕީޖީ ޝަމީމަށް ރައްދު ދީފި

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ވަކި ޝަރުތުތަކާއެކު ދޫކޮށްލަން ހައިކޯޓް އަމުރަށް ސަސްޕެންޑްކުރި އައްޑޫ ހިތަދޫ ކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން، އެކޯޓްގެ ނަމުގައި ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ރައްދު ދީފިއެވެ.

ހިތަދޫ މެޖިސްޓަރޭޓް ކޯޓުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިތަދޫ، މަންދޫބުގެ ރުޝާން އަހުމަދު ދީދީ ވަގުތީ ގޮތުން ބަންދުން ދޫކޮށްލަން އަމުރު ނެރުނީ ހައިކޯޓުގެ އަމުރެއް އޮތަސް އޭނާގެ ބަންދު މުރާޖައާކުރަން ހުރަހެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ޝަރީއަތުގައި ބުނުމުން ކަމަށެވެ.

މިބަޔާނުގައި ބުނާގޮތުން ޝަރީއަތުގެ މަޖިލީހުގައި ދައުލަތް ތަމްސީލުކުރަން ޕީޖީގެ ހަތަރު ވަކީލުން ތިއްބަވައިގެން ނެރުނު އަމުރު އެއީ ކުރެވިދާނެ ކަމެއްތޯ ޝަރީއަތުން ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި އެކަމާމެދު ދެ ހަސްމުން ދެކޭގޮތް ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ އަމުރު މުރާޖާކޮށް އޭނާ ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތް ކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ޖަވާބު ދެއްވާފައި ވުމާއެކު 90 ދުވަހުގެ މުއްދަތަށް، ބޭސްފަރުވާއަށް އޭނާ ވަގުތީ ގޮތުން ދޫކޮށްލާފައި ބެހެއްޓުމަށް ހިތަދޫ ކޯޓުން އަންގާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯޓްތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ތަމްސީލުކުރަން އަންނަ ފަރާތްތަކުން ދައްކާ ވާހަކައަކީ ސީދާ ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އަމަލުކުރުމަށް އަންގާފައިވާ އެންގުންތަކެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަމެއް ހިނގާދިޔައީ ޕީޖީއަށް ނޭގިކަމަށް ދޭހަވާ ގޮތަށް ޝަމީމް ޓްވީޓް ކުރެއްވުމަކީ އޭނަގެ މަޤާމާ އެކަށީގެންނުވާ ކަމެކެވެ.

ހިތަދޫ ކޯޓުން ނިންމި ނިންމުމަކީ ޤަވައިދާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ޕީޖީ ޝަމީމް ވިދާޅުވީ އެ މެޖިސްޓްރޭޓްގެ ޝަކުވާ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށެވެ.

ހިތަދޫ ކޯޓުން ރޭ ނެރުނު ބަޔާނުގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ދޫކޮށްލަން ޖެހޭ ސަބަބުތަކެއް މެދުވެރިވެގެން ދޫކޮށްލެވޭ ހާލަތުގައި އަމުރު ބާތިލުކުރުމަކީ ޖިނާއީ އިޖުއާތުގެ ގަވައިދުން ދަށުކޯޓަށް އޮންނަ ބާރެއް ކަމަށެވެ.

އެ އަމުރާ ގުޅިގެން އާއްމުންގެ ފަރާތުން މެޖިސްޓްރޭޓަށް ފުރައްސާރަ ކުރިމަތިވި ކަމަށާއި ބިރުދެއްކުމާއި ގެއްލުން ދިނުމުގެ އަމަލުތައް ހިންގި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!