މީހުން
ވިލިނގިލީގައި އެންމެ ފުރަތަމަ ކުޅިވަރު ކްލަބް އުފެއްދެވި ޒުވާނާ އަޅުގަނޑުމެންނާ އެ ވަކިވީއެވެ!

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ރަތްވިލާ ސްޓޯރުގެ ބޮޑު ސޭޓް ވިލިނގިލީ ރަތްވިލާގެ އިބްރާހީމް ރަޝާދު ނުވަތަ މުދިން ތުއްތު ދީދީ އިއްޔެގެ ވަގުތެއްގައި މާލޭގައި ނިޔާވެއްޖެއެވެ. އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެ މާތްﷲ ގެ ޙަޟްރަތަށް ދަތުރު ކޮށްފިއެވެ. إِنَّا لِله وَإِنَّـا إِلَيْهِ رَاجِعون ރަޙްމާންވަންތަ، ރަޙީމްވަންތަ، ކަރީމްވަންތަ މާތްﷲ، އަލްމަރްޙޫމް އިބްރާހީމް ރަޝާދުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ރަތްވިލާ ތުއްތިދީދީ އަކީ އޭނާގެ ޙަޔާތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިޔުންނަށް ޚިދުމަތް ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ރައްޔިތުންގެ ޚިދުމަތަށް ފެށްޓެވީ ވިލިނގިލީގައި ފުރަތަމަ ހުޅުވި އަތޮޅު އިސްޓޯރުގެ ކާތިބެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. 1962 ވަނަ އަހަރު ހުވަދު އަތޮޅު ދެބައިކޮށް އެހާތަނާ ޖެހެންދެން ސަރުކާރުގެ މަޤާމްތަކުގައި ތިއްބެވި ވެރިންނާއި މުދިމުން މަޤާމްތަކުން ވަކިކުރައްވައި އެ މަޤާމްތައް އަލުން ޙަވާލުކުރާނޭ ބައެއްގެ ލިސްޓު ދެއްވުމަށް ވަޒީރުލްއަޢްޒަމް އަތޮޅުވެރިޔާއަށް އެންގެވުމުން ވިލިނގިލީ މުދިމް ކަމުގެ މަޤާމަށް ނަން ހުށަހަޅުއްވައި އެމަޤާމް ދެއްވީ އިބްރާހީމް ރަޝާދަށެވެ.

އެއީ ކުރިން ވިލިނގިލީ މާމުދިމް ކަމުގައި ހުންނެވީ އިބްރާހީމް ރަޝާދުގެ ބައްޕަ މުދިމް ޙަސަން ކަލޭފާނު ކަމަށް ވެފައި މުދިމްބެއްޔާ އެވަގުތު ހުންނެވީ އައްޑު އަތޮޅުގައި ހައްޔަރުވެފައި ކަމަށް ވާތީއެވެ. މުދިމްބެއްޔާ ވިލިނގިއްޔަށް ދުރުވުމާއެކު ތުއްތުދީދީ އޭނާގެ ބައްޕައަށް ކަމޭހިތްތަވައި އިޙްތިރާމް ކުރައްވައި މިސްކިތުގެ އެންމެހައި ކަންކަން މުދިމްބެއްޔާއާ ޙަވާލުކޮށްފައި މަޤާމުން އިސްތިއުފާ ދެއްވައި ފަހަށް ޖެހިލައްވައިފިއެވެ. އެކަމަކު މުދިން ތުއްތުދީދީގެ ލަގަބާއެކުގައެވެ. އެހިސާާބުން އަނެއްކާވެސް މުދިމްބެއްޔާ އަށް ވިލިނގިލީ މުދިމްކަން ލިބިލެއްވީއެވެ. އަދި ނިޔާވުމާ ހަމައަށްވެސް މުދިމުކަމުގައި ދެމި ހުންނެވިއެވެ.

ވިލިނގިލީގައި ކުޅިވަރާއި ޒުވާނުންގެ ކަންކަން ކުރިއެރުވުމަށް އެންމެ ފުރަތަމަ ކްލަބެއް ރަޖިސްޓްރީކޮށް ހުޅުވައި ހިންގެވީ އިބްރާހީމް ރަޝާދާއި ހިތްފަސޭހަގޭ މުޙައްމަދު ޖަމީލާ ދެކަލުންގެ މަސްއޫލުވެރިކަމުގައެވެ. އެމީހުންގެ އެންމެ ޒުވާން ޢުމުރުގެ ދުވަސްވަރުގައެވެ. ނަވާރަސަތޭކަ ފަސްދޮޅަހުގެ ކުރީކޮޅު މިކްލަބް ހުޅުވުމަށް ހިތްފަސޭހަގޭގެ “ހިތްފަސޭހަމައިދާނު” ގައި ބޭއްވި ޖަލްސާއަށް އަލުގަނޑުގެ މަންމައާއެކު ދިޔައިމެވެ.

އާދޭހެވެ! އެކްލަބަށް ކިޔަނީ “ޕެޓްރިއޮޓިކް ޔޫތް ކްލަބް” އެވެ. ކްލަބް ހުުޅުވައި ދެއްވީ އަތޮޅުވެރިޔާ ވިލިނގިލީ ތުއްތު ކަތީބެވެ. ފަރުދާ ކެހެމުން ކްލަބުގެ ނަން ފެންނަމުން މަންމަމެން އަތްތިލަ ބަޑި ޖަހަމުން ދިޔަ ހަނދާން އެބަ އާލާވެއެވެ. ރައްޔިތުންގެ ވޯޓުން އަތޮޅު ކޮމިޓީ އިންތިޚާބު ކުރެއްވި ދުވަސްވަރު 1971 ވަނަ އަހަރު އަތޮޅުކޮމިޓީގެ މެމްބަރު ކަމުގެ ފުރުޞަތު ހޯއްދަވައި އަތޮޅު ކޮމިޓީއަށާއި އަތޮޅުގެ ރައްޔިތުންނަށް ޚިިދުމަތް ކުރައްވަން ފަށްޓަވައިފިއެވެ. ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ބައިވެލައްވަން ފަށްޓަވައިފިއެވެ.

ވިލިނގިލީ ޙަލީމާގެ އިބްރާހީމްގެ ނަޞްރުލްމަޖީދު އޮޑި ގަނެގެން ވިލިނގިއްޔަށް ގެނައުމުން މި އޮޑީގެ ފުރަތަމަ ދަތުރުން ފެށިގެން އޮޑިވެރިޔާގެ މަޤާމުގައި އޮޑިޔާއި، މުދަލާއި ޙަވާލުވެގެން ދަތުރު ކުރުމުގެ ފުރުޞަތު އިބްރާހީމް ބެއްޔާ ތުއްތުދީދީ އަށް ދެއްވައިފިއެވެ. އަދި މީގެ އިތުރުން އިބްރާހީމް ބެއްޔާގެ ވިޔަފާރިއާއި މަސައްކަތުގައި ތުއްތުދީދީ ގެންދެވީ އެހީތެރިވެ ދެއްވަމުންނެވެ. ދިރިއުޅުއްވުން އާރާސްތު ކުރައްވަމުން ކުޑަކުޑަ ވިޔަފާރިއެެއް ފަށްޓަވައިފިއެވެ. މަސްދޯންޏެއް ހޯއްދަވައި މަސްދޯންޏެއް ދުއްވަން ފަށްޓަވައިފިއެވެ. އަދި ކުޑަ ކުޑަ ސައި ހޮޓަލެއްވެސް ހިންގަވައި ވިޔަފާރި ފުޅާ ކުރެވޭތޯ ބައްލަވަމުން ގެންދެވިއެވެ.

ވިލިނގިލީ ރަށްކުރިއަރުވާ ކޮމިޓީގައި އަޅުގަނޑާއެކު މަސައްކަތް ކުރައްވައި ވިލިނގިލީގެ ތަރައްޤީގެ މަސައްކަތުގައި ބައިވެރިވެ ލެއްވިއެވެ. ވިިލިނގިލީ ފަޅުފުން ކުރުމަށް ސަރުކާރުން ހިންގެވި މަޝްރޫޢާއެކު ރަށްކުރިއަރުވާ ކޮމިޓީން ކުރިއަށް ގެންދެވި އެއްގަމު ތޮށިލައި ބަދަރު ހެދުމާއި، ބޭރުތޮށިގަނޑު ލުމުގެ މަސައްކަތްތަކުގައި ބައިވެރިވެލައްވައި، ފާލަން އެޅުމުގެ މަސައްކަތުގައި އެހީތެރިވެ ދެއްވިއެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކޫއްޑޫއަށް ގެނައުމަށް ހިންގި ހިމޭން އިޙްތިޖާޖުގައިއާއި، ވިލިނގިލީ އިންޖީނުގެ މަޝްރޫޢު އަވަސް ކުރުމަށާއި، ކަރަންޓު ލުމަށް ކުރެވުނު މަސައްކަތުގައިވެސް ތުއްތުދީދީގެ ބައިވެރިވެލެއްވުމާއި އެއްބާރު ލެއްވުން ރަށްކުރިއަރުވާ ކޮމިޓީއަށް ލިބުނެވެ.

ކުދި ކުދި ޖަނަރޭޓަރުން ހިސާބުގަނޑުގެ ގޭގެއަށް ކަރަންޓުދިން ދުވަސްވަރު ތުއްތުދީދީ ވެސް ކުޑަ ޖަނަރޭޓަރެއް ގެންނަވައި ކަރަންޓުގެ ޚިދުމަތް ދެއްވިއެވެ. އަދި ރަތްވިލާ ގެއިން ދެކުނަށް މުދިންކަލޭފާނު މަގުގައި ފާޚާނާ ހޮޅިއެއް ވަލުލައި އެމަގުގައި ހުރި ގޭގޭގެ މީހުންނަށް ފާޚާނާ ހޮޅީގެޚިދުމަތް ވެސް ދެއްވިއެވެ.

ވިލިނގިލީގައި ސިނަމާގެ ޚިދުމަތްތައް ތަޢާރަފްވެގެން އައި ދުވަސްވަރު ސިނަމާއެއް ރަޖިސްޓްރީ ކުރައްވައިގެން ތުއްތުދީދީ ހިންގެވިއެވެ. ޓީވީ އިސްކިރީރުން ވީސީއާރު ބޭނުންކޮށްގެން ފިލްމް ދައްކަމުން ގެންދެވީ ޓިކެޓް ވިއްކައިގެންނެވެ. ރަތްވިލާއާގޭގެ ގޯތީގެ ހުޅަނގު ދެކުނު ކަނުގައި މާވައްދިހަރެއިން ވަދެވޭ ގޮތަށް ހަދާފައި ހުރި “ރަތްވިލާ ސިނަމާ” އިން އަޅުގަނޑުވެސް ފިލްމެއް ބެލީމެވެ.

އިބްރާހީމް ރަޝާދުގެ ޚިދުމަތްތަކުގެ ތެރެއިން މާލެއާއި ވިލިނގިއްޔާ ދެމެދު މުދަލާއެކު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަދެއް ބަންނަވައި ރަތްވިލާ ބޯޓް ގެ ނަންދެއްވައި ދުއްވެވިއެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި ޚިދުމަތް ދެއްވި މިބޯޓު މާލެއިން އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް މީމު އަތޮޅުގެ ގިރިޔަކަށް އުރި ރަތްވިލާ ބޯޓް އަޑިޔަށް ދިޔައީއެވެ. ރަތްވިލާ ބޯޓު ފަރަށް އަރައި އަޑިޔަށް ދިޔައީ 1994 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދުވެލި ބާރު ކަނޑުމައްޗަށް ވަރަށް ރީތި ވަރަށް ހިތްގައިމު ބޯޓެކެވެ. މިބޯޓުގެ ފަސިންޖަރުންގެ ގެއާއި މަތީ ހުންގާނުގެ ހަދާފައި ހުރީ އަޅުގަނޑު ކުރެހި ކުރެހުމަކާ އެއް ގޮތަށެވެ.

ވިޔަފާރި ފުޅާ ކުރައްވައި ރައްޔިތުންނާ ގާތަށް ބޭނުންތެރި ތަކެތި ގެންނަވައި ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ބޭނުންވާނޭ ތަކެތި ލިބޭނޭގޮތް ހަމަޖައްސަވައި ރަތްވިލާ ސޭޓުގެ ސީދާ ބެއްލެވުމުގެ ދަށުން ދެއްވަމުން ގެންދެވި ވިޔަފާރީގެ ޚިދުމަތްތައް ފާހަގަ ކޮށްލަން ޖެހެއެވެ.

މިޚިދުމަތްތެރިޔާ އޭނާގެ މިދުނިޔޭގެ ދަންފަޅީގެ ވަގުތު ހަމަކުރައްވައި އަޅުގަނޑުމެންނާ ވަކިވީއެވެ. މިކަހަލަ ވާހަކަ ކިޔައިދޭންޖެހޭ އެތައް ޚިދުމަތްތަކެއް ކުރައްވާފައެވެ. ވަކިވެގެން އެދިޔައީ ހަރުދަނާ ޢާއިލާއަކާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އާދެ! ވިޔަފާރިއާއި ތަރައްޤީއާއި ޚިދުމަތުގެ އެކި ދާއިރާތަކުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާ ކުދިންނާ ޙަވާލު ކުރައްވާފައެވެ.

މާތް ﷲ ތުއްތުދީދީގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލަހައްޓަވާށިއެވެ. އާމީން!

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސުވަރުގެ މިންވަރު ކުރައްވާށި.އާމީން