ޚަބަރު
ފެހި ފަތުގެ ޝަރަފު ހޯދުމަށް މަޑަވެލި އަލުން އަތުކުރި އޮޅާލަނީ

ސާފު ވެއްޓަކަށް އަހަރެންގެ ބައިވެރިވުން” ނަމުގައި އަންނަ ހޮނިހިރު ދުވަހު ފަށާ ރަށް ސާފުކުރުމުގެ ޕްރޮގްރާމަކީ މީގެ 20 އަހަރު ކުރިން މުޅި ރާއްޖެއިން އެންމެ ސާފް ތާހިރު ރަށުގެ ގޮތުގައި ލިބުނު ޝަރަފު އަލުން ހޯދުމަށް ނަގާ ފިޔަވަޅެއް ކަމުގައި މަޑަވެލީ އަންހެނުންގެ ތަރައްޤީ މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަދީމާ ތައްޚާން ވިދާޅުވެއްޖެއެވެ.

މި މަހުގެ 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގައި އެރަށު ތިންކަޓިޔާ ކަންމަތިން ފަށާ ސާފުކުރުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސާ ނަދީމާ ވިދާޅުވީ އެދުވަހު ކުރިއަށް ދާނީ ރަށުގެ މައި ދެމަގު ކުނިކަހައި ސާފުކުރުންކަމަށާއި އޭގެ ފަހުގައި ރޯދަ މަހާ ޖެހެންދެން ރަށުގެ އެކިއެކި ތަންތަން ރީތިކޮށް ސާފުކުރުން ކުރިޔަށް ގެންދާނެކަމަށެވެ.

އިތުރަށް ތަފްސީލު ދެއްވަމުން ރައީސާ ވިދާޅުވީ މި ޕްރޮގްރާމަކީ މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިސްނަގައިގެން ރަށުގެ ހުރިހާ މުޢައްސަސާތަކާ ޖަމްޢިއްޔާ ޖަމާއަތްތަކާ އެކިއެކި ފަރާތްތަކާއެކު ވަރަށް ވަރުގަދަ އަޒުމެއްގައި ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެއްކަމަށެވެ.

މަޑަވެއްޔަކީ ކުރިން ވެސް ސާފުތާހިރު ކަމުން 1 ވަނަ ހޯދާފައި ވާ ރަށެއް. މި ފެށީ އަނެއްކާ ވެސް އާ ފެށުމެއް. ފެހިފަތުގެ ޝަރަފު ދަަމަހައްޓަން އަދި އިތުރު ޕްރޮގްރާމްތަށް ވެސް ރޭވިފައިވާނެ – މަޑަވެލި ޑަބްލިއުޑީސީ ގެ ރައީސާ ވިދާޅުވިއެވެ.

މަޑަވެލީގެ ހުރިހާ ރައްޔިތުން ނުކުމެ ފަށާ ޕްރޮގްރާމްގައި މުޅި ރަށް އެއްކޮށް ސާފް ކުރުމަށް ފަހު އެކިއެކި ސަރަހައްދު ގައި ޑަސްބިން ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުނި މެނޭޖް ކުރުމާ ނައްތާލުމަށް ކުރަން ޖެހޭ ކަންތަކަށް ކައުންސިލުން ދަނީ ތައްޔާރު ވަމުންނެވެ.

މަޑަވެއްޔަކީ އަބަދުވެސް އެރަށް ސާފުތާހިރު ކޮށް ބޭއްވުމަށް މަސައްކަތް ކުރާ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެކެވެ. އަދި ރަށުގެ މޫނުމަތި ރީތިކޮށް ބެލެހެއްޓުމަށް ކައުންސިލް އިސްވެ އޮވެ ރައްޔިތުންނާއެކު އަބަދުވެސް މަސައްކަތް ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފެހި ފަތުގެ އިނާމު މަޑަވެލި ޙާސިލް ކޮއްފައިވަނީ 2002 ވަނަ އަހަރުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ތިނަދޫ ކައުންސިލްގެ ރައީސް

    ގދ.ހަވަރު ތިނަދޫގައި ވަށާފާރު ނުރާނާހުރި އަމިއްލަ ގޯތި ތަކާއި ސަރުކާރު ބިންތަކުގައި ތިނަދޫ ކައުންސިލްގެ ހަރަދުގައި އަންނަމަހު ވަށާ ފާރު ރާނާދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންނަމަހުން ފެށިގެން ހުރިހާ ގެއެއްގެ ކުނި ހިލޭ އުކާދިނުުގެ ހިދުމަތްވެސް ލިބޭނެއެވެ.

  2. ލަތާ މަންގޭޝްކަރު

    ނުން ގދ.ތެނަދޫ ހުވަދޫ ނޫހު ވޮންނާ ތެއިހެ އެންމެންން ސައުދު އަލީ ޕްރޮމޯޓް ކޮށްދެނެމެއި ތީބު