ދުނިޔެ
ރަޝިޔާގެ ޙަމަލާތައް ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް!

ރަޝިޔާގެ ޙަމަލާތައް ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ޢަމާޒުވަމުންދާކަމަށް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި އެ ޤައުމުގެ ވެރިރަށް ކިޔެވުގެ އިތުރުން ކާކިވާއި ކާސަންނާއި އޮޑެއްސާއަށް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި ކަނޑު މަގުންނާއި އެއްގަމު މަގުން ޙަމަލާ ދެމުންނެވެ. އަދި ރަޝިޔާގެ ސިފައިންގެ ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް ވައިކުޑާގައި ފޭބުމުގެ ފުރުޞަތު އޮތްކަމަށާއި ޔޫކްރެއިނުގެ ދިފާޢުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހަނގުރާމަކުރުމުގައި ދެމިތިބޭނެކަމަށްވެސް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުންވަނީ ބުނެފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓަން ތިބި ސިފައިން ހަތިޔާރު ބަހައްޓައި ފިލާފައިވާކަމަށާއި އެއްވެސް އުނދަގުލަކައި ނުލައި ރަޝިޔާގެ ފައުޖުތަކަށް ޔޫކްރެއިނަށް ވަދެވުނުކަމަށެވެ.

އަދި ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ޤައުމަށް ޙަމަލާ ދިނުމުގެ ބޭނުމަކީ އެ ޤައުމުން ވަކިވުމަށް ބޭނުންވާ ޖަމާޢަތްތަކާ ދެކޮޅަށް ދެމުންދާ އަނިޔާވެރި އަދި ލާއިންސާނީ ޙަމަލާތައް ހުއްޓުވައި ޔޫކްރެއިނުގެ އަސްކަރިއްޔާގެ ބާރުވެރިކަން ނައްތާލުމަށްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ އެންގެވުމަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއްވަނީ ތިން ސަރަޙައްދަކުން ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ބޮޑެތި ސަރަޙައްދުތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދަތުރުކުރަން އެ ޤައުމުގެ ޢާއްމުންވަނީ ފަށައިފައެވެ.

އދ އިންވަނީ ޔޫކްރެއިނު ދޫކޮށް ދާން މަސައްކަތްކުރާ ޢާއްމުންނަށް އަވަށްޓެރި ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލައި އޯގާތެރިކަން އިސްކުރުން މުޙިއްމުކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!