ޚަބަރު
ރައީސްގެ ސާޖަރީ ނިމި، ވެރިކަމާ އަލުން ހަވާލުވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތައިރޮޑް ސާޖަރީ ސިންގަޕޫރުގައި ދާދި ދެންމެ އަކު ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

އެއާ އެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފަ އެވެ. ރައީސް ސާޖަރީއެއް ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނެންގެވީ އެމަނިކުފާނުގެ ނާއިބް ފައިސަލް ނަސީމް އެވެ. ފައިސަލް ވަނީ ފަތިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ހުވާ ކުރައްވައިފަ އެވެ.

ރައީސް ކުރައްވާފއިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސްގެ ހާލުކޮޅު، ސާޖަރީއަށް ފަހު މިހާރު އަންނަނީ ރިކަވާވަމުން ކަމަށެވެ.

“އަލްހަމްދުﷲ. ސާޖަރީ ނިމިއްޖެ. އަޅުގަނޑުގެ ހާލު މިވަގުތު އަންނަނީ ރަނގަޅުވަމުން އަދި އަޅުގަނޑު މިހުރީ ގަދަކޮށް،”

ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުވައި ދުއާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ފައިސަލް ހަވާލުވެވަޑައިގެންފައިވަނީ މިއަދު ހެނދުނު 6 ޖެހިއިރެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.

ފެބްރުއަރީ 23، އިން ފެށިގެން ރައީސް ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ސިންގަޕޫރުގަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!