ދީން
ޚުތުބާ: ބައިތުލްމަޤްދިސްގެ މައްސަލަ އިސްލާމީ އުންމަތުގެ ޤަޟިއްޔާއަކަށް ނުވާންވީ ސަބަބެއް ނެތް

ބައިތުލް މަޤްދިސްއަކީ މުޤައްދަސް ބިމެއް ކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ. ޚުތުބާގައި ބުނެފައިވާގޮތުން، ބައިތުލްމަޤްދިސްގެ މައްސަލަ އިސްލާމީ އުންމަތުގެ ޤަޟިއްޔާއަކަށް ނުވާނޭ އެއްވެސް ގޮތެއް ނެތެވެ.

ބައިތުލް މަޤްދިސްއަކީ މާތް ﷲ އެތައް ގޮތަކުން މާތް ކުރައްވައި، އެތާނގެ ވަށައިގެން ބަރަކާތްލައްވާފައިވާ މަތިވެރި މާތް ބިމެކެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެކަލާނގެ ހުސްޠާޙިރުވަންތަކަމާއެވެ! އެކަލާނގެއީ މަސްޖިދުލްހަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން ތިމަން ރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ!

ބައިތުލްމަޤްދިސަކީ މުސްލިމުންގެ ހިތްތަކުގައި، އެތަނުގެ މާތްކަމާއި މަތިވެރިކަން ބިންވަޅުނެގިފައިވާ، ވަރަށް މާތް މަތިވެރި މުޤައްދަސް ބިމެކެވެ. އެއީ މަސްޖިދުލް ޙަރާމްއަށް ފަހު، ދެވަނައަށް ބިނާ ކުރެވުނު މިސްކިތެވެ.

ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އަރިހުން އަބޫޛައްރުގެފާނު ސުވާލު ދެންނެވިއެވެ. ބިންމަތީގައި އެންމެ ފުރަތަމަ ބިނާ ކުރެވުނީ ކޮން މިސްކިތެއްތޯއެވެ؟ އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވަނީ އެއީ މަސްޖިދުލްޙަރާމް ކަމުގައެވެ. ދެން ކޮން މިސްކިތެއްތޯއޭ ދެންނެވުމުން ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވީ، މަސްޖިދުލްޢަޤްޞާ ކަމުގައެވެ.

މާތް ﷲ ގެ ތައުޙީދު އެންމެ ފުރަތަމަ ދެނެގަނެ ފެށިގެން އައި ރަށަކީ މާތްވެގެންވާ މައްކާއެވެ. ދެވަނަ ރަށަކީ ޤުދުސެވެ. އިމާމު ބުޚާރީއާއި އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އަލްމަޖިދުލް އަޤްސާ ބިނާ ކުރެވުނީ އާދަމް އަލައިހިއްސަލާމްގެ ޒަމާނުގައެވެ. އަލްމަސްޖިދުލް ޙަރާމް ބިނާކުރުމަށްފަހު، އޭގެ 40 އަހަރު ފަހުން، މަސްޖިދުލް އަޤްސާ ބިނާކުރެވުނެވެ. މިބަސްފުޅުން ﷲ ގެ ރިސާލަތާ، މި ދެ ރަށާ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް އެނގެއެވެ.

ބަރަކާތްތެރި މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ ޤަޟިއްޔާއަކަށް ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. މަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތްވެސް މެއެވެ. އެއީ ދުރު ދަތުރުކޮށް ބުރަ އުފުލައިގެން ވެސް އެ މިސްކިތަށް ދިޔުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ.

މިފަދަ މުޤައްދަސް ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފިނަމަ، އެބިމުގެ އަހުލުވެރިން ތަޙައްމަލު ކުރަމުންދާ، ހިތްދަތިކަމާއި، ދަތި އުދަނގޫތަކަށް އިޖާބަދީ، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭނެއެވެ. އެބިން ކާފިރުންގެ އަތްދަށުން ސަލާމަތްކުރުމަށް މުސްލިމު އުއްމަތަށް ކުރެވެން އޮތް ހުރިހާކަމެއް ކުރަންޖެހެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!