ޚަބަރު
ރޯމާދުވާލު ވައްކަން އާންމުވެގެންދާއިރު، މިނިސްޓަރ އިމްރާން ހުންނެވީ ސިހުރު ފަންޑިތައިގެ އަވައިގައި ޖެހިފައި – މަލީހް

ރޯމާދުވާލު ވައްކަން އާންމުވެގެންދާއިރު، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ހުންނެވީ ސިހުރު ފަންޑިތައިގެ އަވާގައި ޖެހިފައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ މުދަލާ ގެދޮރާއި ޒާތީ ދިރިއުޅުމަށް ބޮޑެތި ކުށްވެރިން އަރައިގަނެ، ރޯމާ ދުވާލު ވައްކަން އާންމުވެގެންދާއިރު މިނިސްޓަރ އިމްރާން ހުންނެވީ ސިހުރު ފަންޑިތައިގެ އަވައިގައި ޖެހިފައި ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަން ނިމެންދެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަތިޔާރު ލިބޭނެގޮތް ހެދުން ލަސްވެއްޖެ ކަމަށްވެސް މަލީހް ވިދާޅުވިއެވެ.

މަލީހް އަކީ މިސަރުކާރު ގެނައުމަށް ކެމްޕެއިން ކުރެއްވި ދުވަސްވަރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެެއްވި ބޭފުޅެކެެވެ. އެގޮތުން މިސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަންވެސް މަލީހް ވަނީ އަދާކުރައްވާފައެވެ. ނަމަވެސް މިހާރު މަލީހް ގެންދަވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިދިކޮޅު ކޯލިޝަންއިން ހިންގަމުންދާ ހަރަކާތްތަކުގައި ވެސް އިސްސަފުގައި ބައިވެރިވަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!