ދުނިޔެ
“ގޯސްޓް އޮފް ކައިވް” – ޔޫކްރެއިންގެ ހީރޯ

ހިތްވަރުގަދަކަމާއި ހީރޯއިންގެ ވާހަކަތަކަކީ، ހަނގުރާމައާއި ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު އާކުރުމަށް ވަރަށް މުހިންމު ވާހަކަތަކަކަށް ވެދާނެއެވެ. 24 ފެބްރުއަރީ 2022 ގައި ޔޫކްރެއިންގައި ފެށުނު ރަޝިއާގެ ހަނގުރާމާއިގެ ތެރެއިން މިފަދަ ހީރޯއެއް މިހާރު ވަނީ އާންމުންގެ ސަމާލުކަން ހޯދާފައެވެ.

ޔޫކްރެއިން އަށް ރަޝިޔާގެ ސިފައިން އަރާ ކުރާ ހަނގުރާމާގައި، ރަޝިއާގެ ސިފައިން ބުނާގޮތުގައި ސްޓްރެޓީޖިކަލީ މުހިންމު ހޮސްތޯމެލް އެއާޕޯޓުވަނީ އެމީހުންގެ ބާރުގެ ދަށުގައެވެ. މީގެ އިތުރުން ކައިވްގެ މަގުތަކުން އެމީހުންގެ ސިފައިން ހަތިޔާރާއި އެކު އުޅޭ ކަމަށް އެމީހުން ބުނެފައިވެއެވެ.

މިފަދަ ދަނޑިވަޅެއެއްގައި ޔޫކްރެއިންގެ ސިފައިން އަދި އާންމުންގެ ހިތްތަކަށް ފިނިކަން ގެނެސްދިނުމަށް ޔޫކްރެއިންގެ ސިފައިންގެ މީހަކު ވަނީ ރަނގަޅު ނަތީއްޖާއެއް ދައްކުވައިދީފައެވެ. އޭނާ އަކީ “ގޯސްޓް އޮފް ކައިވް” ނަމުން މިހާރު މަޝްހޫރުވެފައިވާ ޔޫކްރެއިން ސިފައިންގެ ޕައިލެޓެކެވެ.

“ގޯސްޓް އޮފް ކައިވް” ވަނީ މިހާތަނަށް ރަޝިޔާގެ ހަ ޖެޓު ވައްޓާލާފައިއެވެ. “ގޯސްޓް އޮފް ކައިވް”ގެ ހިތްވަރަށް ސާބަސްދީ ތާއީދުކޮށް އާންމުން ދަނީ ޓްވިޓާގައި “ގޯސްޓް އޮފް ކައިވް” އަށް ތަރުހީބު ދެމުންނެވެ.

ޓްވިޓާގައި ޔޫކްރެއިން އަށް ނިސްބަތްވާ ބައެއް މީހުން ބުނާ ގޮތުގައި “ގޯސްޓް އޮފް ކައިވް”ގެ ސަބަބުން ދުނިޔެ ޔޫކްރެއިންއާއި އެކު ވާހަކަތައް ދައްކަން ފަށައިފިއެވެ.

ސިފައިންގެ 5 ފްލައިޓް ނުވަތަ ޖެޓު ވައްޓާލާ މީހަކަށް ޔޫކްރެއިންގެ ސަރުކާރުން “އޭއެސް” ގެ ލަޤަބު ލިބޭ އިރު، “ގޯސްޓް އޮފް ކައިވް” ވަނީ އެއްދުވަސްތެރޭ ރަޝިޔާގެ 6 ޖެޓު ވައްޓާލާފައެވެ. މީގެ ތެރޭގައި އެސް. ޔޫ-35ގެ ދެ ޖެޓާއި އެސް. ޔޫ27ގެ ޖެޓަކާ އެމް. އައި. ޖީ29 އަދި އެސް.ޔޫ-25ގެ 2 ޖެޓުހިމެނެއެވެ.

މީސްމީޑިއާގައި “ގޯސްޓް އޮފް ކައިވް” އާއި ބެހޭގޮތުން ގިނަބަޔަކު ޝުޢޫރު ފާޅު ކުރަމުން ދާއިރު، ޔޫކްރެއިންގެ ޑިފެންސް ފޯސް އިން ވަނީ 7 ފްލައިޓް ވައްޓާލެވިފައި ވާކަމަށް ބުނެފައެވެ. ނަމަވެސް، ވައްޓާލި 7 ފްލައިޓްގެ އިތުރު މައުލޫމާތެއް ޔޫކްރެއިންގެ ޑިފެންސް ފޯސް އިން ހާމަ ކޮށްފައި ނުވެއެވެ. އަދި “ގޯސްޓް އޮފް ކައިވް” އާއި ބެހޭގޮތުން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

އެހެން ކަމުން ގޯސްޓް އޮފް ކައިވް އަކީ ކާކު ކަމާއި، އަދި ހަގީގަތެއް ކަމަށް ކަށަވަރު ވެފައި ނުވި ނަމަވެސް، ދުނިޔޭގެ މީޑިއާތަކުންވެސް ވަނީ ގޯސްޓް އޮފް ކައިވްގެ ވާހަކަ ގެނެސްދީފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފޭކު

    ފޭކު ފޭކު