ޚަބަރު
މިއަދު ފެންނަނީ ދައުލަތުގެ މުސާރަވެރިން ޕްރޮޖެކްޓް ހޯދުމަށް އަޅުވެތިވާތަން: ސިފާ

މިއަދު ފެނިގެންދަނީ ބާރުތަކެއް ލިބިގެން ދައުލަތުގެ ބޮޑެތި މުސާރަވެރިން ޕްރޮޖެކްޓް ހޯދުމަށް އަޅުވެތި ވަމުންދާތަން ކަމުގައި އެމްޑީޕީގެ މާލެ ސިޓީގެ ރައީސް ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ އިންތިގެ ސަޕޯޓަރުންނަށް ރައްދު ދެއްވަމުން ސިފާ ވިދާޅުވީ މިއަދު އެމްޑީޕީ ތެރެއިން ފެނިގެންދަނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށާއި ދައުލަތުގެ މުސާރަވެރިން ޕްރޮޖެކްޓްސް ހޯދުމަށް އަޅުވެތިވަމުންދާ ކަމަށެވެ.

އިންތިގެ ސަޕޯޓަރަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީއަށް ލޯބިހުރި މީހުން ވޯޓު ދޭނީ އިންތިއަށްކަމަށެވެ.

ސިފާ ވިދާޅުވި ގޮތުގައި މީގެކުރިން އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮއެދޭ ރައްޔިތުންގެ ޕާޓީއެކެވެ. ނަމަވެސް މިހާރަކަށް އައިސް ފެންނަމުންދަނީ ޕާޓީގެ ލީޑަރުންނަށް ތިބޭ ބޭފުޅުން އެބޭފުޅުންގެ މަޤާމު ދިފާއު ކުރުމަށްޓަކައި ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓުތައް ހޯދަން މަސައްކަތް ކުރަމުން ގެންދާ މަންޒަރު ކަމަށް ސިފާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ކުރިމަތިލައްވާ ދެބޭފުޅުން ކަމުގައިވާ މިނިސްޓަރު ފައްޔާޒާއި އިންތި އަކީ އެމްޑީޕީ ދެފެކްޝަނުގެ ދެބޭފުޅުންނެވެ. ފައްޔާޒްގެ ކެމްޕެއިން ރަސްމީކޮށް ފަށަމުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެފައިވަނީ އެމްޑީޕީ ތެރޭގައި މައްސަލަތަކެއް އުފެދި ޕާޓީ ބައިބައިވެފައިވާ ކަމަށެވެ. މިރަސްމިއްޔާތުގައި ސަނީފްގެ އިތުރުން ފައްޔާޒަށް ތާއީދުކުރާ ގިނަ ބޭފުޅުން ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޒާއި، އިންތިގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިއިންތިޚާބަކީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ތާއީދު އެމްޑީޕީގައި އޮތް ގޮތެއް ސާފުވާނެ އިންތިޚާބެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!