ޚަބަރު
ތިނަދޫގެ ސާފުތާހިރުކަން ދަމަހައްޓަންޖެހެނީ ކޮންބައެއް ހެއްޔެވެ!

ތިނަދުއަކީ ގދ.އަތޮޅުގެ ވެރިކަން ކުރާރަށެވެ. މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ޒަރޫރީ ބޭނުންތަކަށް އަރައި ފައިބާ ރަށެކެވެ. އަދި ތިނަދޫ ކައުންސިލުން ސަރުކާރާއި ގުޅިގެން ސިޓީއެއްގެ ދަރަޖަ ހޯދުމަށް މަސައްކަތްކުރަމުންދާ ރަށެކެވެ. ނަމަވެސް ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކުނިބުނީގެ ޕާކްތަކެވެ. ރަށުގެ ވަށައިގެންވާ ހޭޅިފަށާއި ވަށައިގެންވާ ބޮޑެތި މަގުތަކުގެ ހާލަކީމިއެވެ.

މިކަންކަމަކީ ހަމައެކަނި ކައުންސިލްއިން އެކަނި ކުރެވޭވަރަށްވުރެ ބޮޑު މަސައްކަތެކެވެ. ތިނަދޫ ކައުންސިލުން ރަށުގެ އިޖުތިމާއި ސަރަހައްދުތައް ސާފުކުރުމަށް މުވައްޒަފުންތަކެއް ހަމަޖައްސާފައި ތިބެއެވެ. އެފަރާތްތަކުގެ މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް ދެމެވެ. ނަމަވެސް ދަންނަވަން މިއުޅޭވާހަކައަކީ މިދެންނެވުނު މުވައްޒަފުންނަށްވެސް ތަންތަން ކުނިކަހައި ސާފުކުރެވޭނީ ވަކިވަރަކަށް ނޫންތޯއޭ!. ބިމުގެ ގޮތުން ބޮޑުރަށަކަށްވާތީވެ، ކުނިކަހައި ސާފުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ކަޑައެޅިފައިވާ ވަކި ތާވަލަކާއެއްގޮތަށް މަހުގެ ދުވަސްތަކަކަށް ބަހާލައިގެން މަސައްކަތްކުރާއިރު އެއްފަހަރު ސާފުކުރާ ސަރަހައްދާ ހަމަޔަށް ދެން ފޯރާއިރުގައި އެތަން އޮންނަނީ ކުރިން ދެންނެވި ކުނީގެ ޕާކަކަށް ބަދަލުވެފައެވެ.

ތިނަދޫ އަކީ ސާފު ރަށަކަށް ހެދުމަށް އަޅުގަނޑު ދެކޭގޮތުގައި ތިނަދޫގައި ދިރިއުޅޭ ކުދިބޮޑު އެންމެހައި ރައްޔިތުން ފަރުދީޒިންމާ މިކިޔާ ބައި އިތުރު ހަރުފަތަކަށް ގެންދަން އެބަޖެހޭއެވެ. ފިހާރައިން ގަންނަ ފެންފުޅި ބޮއެފަ އެހުރި ދިމާލަކަށް އުކާލުމާއި، ސުޕާރި ޕެކެޓް މަގުމައްޗަށް އުކާލުމާއި، ހޮޓާ ރެސްޓޯރެންޓްތަކަށް އަރައި ޓިޝޫއިން ތުން ފޮހެފަ ބިންމައްޗަށް އެއްލުމާއި، ގެންނަ ހަކުރު ޕެކެޓް ކަޑާފަ އެވެސް ބިންމައްޗަށް، އެވަރުން ނުފުދިގެން ސިގިރެޓް ބޮއެފަ އޭގެ ފިލްޓަރާއި ހުސްފޮށިވެސް ބިންމައްޗަށް އުކާލުން، ނޫނީ ސިގިރެޓް ފިލްޓަރތައް މަގުމައްޗަށް އުކާލުން، އަދި އޭޓީއެމް އިން ރުފިޔާ ނަގާފަ ސްލިޕްކޮޅު ކުރިމަތީ ހުންނަ ޑަސްބިންއަށް ބަލާފަ ބިންމައްޗަށް އުކާލުން ފަދަ އާދަތައް ދޫކޮށްލަން ވެއްޖެއެވެ.

ފިހާރާތަކުގެ ބޭރުގައި މުދާހުސްކުރާ ފޮއްޓާއި އެހެނިހެން ކުނިބުނިތައް ބެހެއްޓުންވެސް ހުއްޓާލަންވެއްޖެއެވެ. ޖޫގޯ ވިއްކާ ތަންތަނުން ޖޫގޯ ގަނެގެން ދުއްވަން ދަމުން އެހުސްވާ ހިސާބަކަށް އުކާލުމަށްފަހުގައި މަގުމަތީގައި ކައުންސިލުން ޑަސްބިން ބަހައްޓާފައި ނުހުންނާތީއޭ ބުނުމަކުން ނުފުދޭއެވެ. ތިނަދޫގައި އާންމުކޮށް ޖޫގޯ ވިއްކާ ތަންތަނުގެ ބޭރުގައި ޑަސްބިން ބަހައްޓާފައި ހުންނައިރުގައިވެސް ޑަސްބިނަށް ނާޅައި ކައިރީގައިވާ ފަޅުގޯތިތަކާއި އެހެނިހެން ތަންތަނަށް އުކާލާފައި ހުންނަ މަންޒަރަކީ ވަރަށް އާންމު މަންޒަރެކެވެ. ތިނަދޫގައި އާންމުކޮށް މީހުން މޫދަށް ފައިބާ ސަރަހައްދުތަކަށް ބެލިކަމުގައިވިޔަސް ފެންނަނީ ކުރިން ދެންނެވިފަދަ ކުނީގެ ޕާކުތަކެކެވެ. މޫދަށްފޭބުމަށް ދަމުން ގެންދިޔަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަށިތަކާއި ސަމްސަލާއި އުލާއި، ކުޑަކުދިންގެ ނެޕީތައް އެތަނަށް އުކާލާފައި ހުންނަމަންޒަރެވެ. ނިސްބަތުން މަދު ބަޔަކު އެބަޔަކު ގެންދާ ތަކެތި އަބުރާ ގެއަށް ނުވަތަ ކައިރި ހިސާބެއްގައި ފެންނަން ހުންނަ ކުނި ފުންޏަކާ ހިސާބަށް ގެންގޮސްލައެވެ. މިހާރު މިދެންނެވުނު ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ޑަސްބިން ހުރި ނަމަވެސް އުކާލާފައި ހުންނަ ކުނިބުނިތައް މަދެއްނޫނެވެ. ހަމަ އެގޮތަށް ދެކުނުފަރާތުގައި ޖަހާފައިވާ ބޮޑުހިލަތަކާ ދިމާލަށް ބަލާލުމުންވެސް ސިފަވަނީ އެއްކަލަ ކުނިބުނީގެ ޕާކެވެ.

މަގުމައްޗާއި އެހެނިހެން އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް އޮތުމުން އެކަމުގެ ހިތްހަމަޖެހުމާއި ރީތި ނަން ލިބޭނީ ހަމަ އެކަނި ކައުންސިލްގެ ރައީސަކަށް ނުވަތަ ކައުންސިލްގެ މުވައްޒަފުންނަށް އެކަންޏެއްނޫނެވެ. މުޅިތިނަދޫގެ ރައްޔިތުންނަށް އެކަމުގެ ރީތި ނަމާއި ހިތްހަމަ ޖެހުން ލިބޭނެއެވެ. ތިމާގެ ރައްޓެހިންނާއި އާއިލާގެ މެންބަރުންނާއެކީ އެފަދަ ތަންތަނަށް ދާއިރު ސާފުކޮށް އޮތުމުން އެންމެނަށްވެސް އެހިތްހަމަ ޖެހުން ލިބޭނެއެވެ.

ތިނަދޫއަކީ މުޅި ހުވަދޫގެ ވިޔަފާރީގެ މައިމަރުކަޒަށްވެފައި، މަތީ ތައުލީމާއި ބޭސްފަރުވާއަށް ތިނަދޫއަށް ޒިޔާރާތް ކުރާ ފަރާތްތަކާއި ފަތުރުވެރިންވެސް ތިނަދޫއަށް ޒިޔާރާތްކުރެއެވެ. އެހެންކަމުން އެންމެންއެކީ އެއް އަޒުމެއްގައި ކުރަންވީ ކަމަކީ މިތިނަދޫއަކީ ސާފުތާހިރު ހިތްހެޔޮ ކަމުގެ ގޮތުން އަތޮޅާއި ރާއްޖޭގެ ރަށްތަކަށް ނަމުނާ ދައްކާ ރަށަކަށް ހެދުމެވެ. މިކަމަށް ކައުންސިލާއި ތިނަދޫގައިވާ ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކުން އަދި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުން މަސައްކަތް ކުރަންޖެހޭ ވަގުތު މިއީއެވެ.

ތިނަދޫގައިވާ ދެޖަމްއިއްޔާއަކުން ފާއިތުވި ދެއަހަރުގެ ތެރޭގައި ތިނަދޫގެއެކި ސަރަހައްދުތައް ސާފުކުރުމުގެ ދެހަރަކާތެއް ގެންދިޔައެވެ. ނަމަވެސް މިކަންވެސް ދާއިމީ ކަމަކަށް ހެދުމަށް އެއްވެސްފަރާތުން ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކަކަށް ހިތްވަރުދީ މަސައްކަތްކުރާތަނެއް ނުފެނޭއެވެ. ހަމަ މިގޮތަށް ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކެއް ގުޅިގެން ތިނަދޫގެ ބައެއް ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހިތި ހަޤީގަތަކީ މިގޮތަށް ސަރުކާރުގެ މުވައްސަސާ، ކުންފުނި، ކްލަބު ޖަމްޢިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކަށް ލިބޭ އެއްބާރުލުން ކުޑަކަމެވެ. މިއީ ވަރަށް ހިތާމަވެރި ކަމެކެވެ.

މިކަންތައްތަކުގެ ހައްލަކަށް އަޅުގަނޑަށް ވިސްނެނީ އަހަރުމެންގެ ކާބަފައިންގެ ޒަމާނުގައި ދެއްކި ރިވެތި މިސާލުން އިބްރަތް ހާސިލުކޮށް އެއާދަ އަލުން ދިރުވައި ކޮންމެ ގޯއްޗެއްގެ ވެސް ވަށައިގެންވާ މަގުތަކުގައި ހެދެމުންދާ ވިނަތައް ނޮޅައި ސާފުކުރަން އެބަޖެހޭކަމެވެ. ގޯތީގައި ގެއެޅިފައި ނެތަސް އެތަނުގައި ހެދޭ ވިނަތައްވެސް ނޮޅައި ކުނިކަހައި ސާފުކޮށް ބާއްވަން އެބަޖެހެއެވެ. ގެފަޅަށް ހުރިކަމުގައި ވިޔަސް ގޭގެ ވެރިފަރާތުން އެކުނިތައް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ.

މޫދަށް ފޭބުމާއި ޕާކުތަކަށްދިޔުމުގައި މިއަދުގެ ކުޑަކުދިންނަށް އެތަންތަނަށް ކުނި އެޅުމުން ލިބޭ ގެއްލުމާއި ސާފުކުރުމުގެ މުހިންމުކަން ބުނެދީ ސާފުކުރުމަށް ބާރު އަޅަން އެބަޖެހެއެވެ. ހަމައެއާއެކު އަޅުގަނޑު ގަބޫލުކުރަނީ ތިނަދޫ ކައުންސިލުން އިސްނަގައި ތިނަދޫގެ މުވައްސަސާތަކާއެކީ އަހަރީ ތަވާލެއްހަދައި ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގަންޖެހޭކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދުގައި މިހާރު ހުރި ޑަސްބިންތަކުގެ އިތުރަށް ޑަސްބިންތައް ބަހައްޓައި ހޭލުންތެރި ކުރުމުގެ މެސެޖްތައްވެސް ފެންނަގޮތަށް ބަހައްޓަން ޖެހޭއެވެ.

މިއާއިއެކު ތިނަދޫގައި ހެދިފައިވާ ޕާކުތަކާއި ތާރުއެޅި ހެދިފައިވާ މަގުތަކުގައިވާ ގަސްއިންދާ ކުޑަ ޕާކުތައްވެސް އާރޯކޮށް މާމެލާމެލީގެ ބަގީޗާތަކުން ފުރާލަން އެބަޖެހެއެވެ. މިގޮތުން މިތަންތަން ބެލެހެއްޓުން އެތަނަކާއި އެންމެ ކައިރިގައިވާ އޮފީސް ނުވަތަ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރެވިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. މިގޮތަށް ބަލާއިރުގައި ބަދަރުމަތީގައިވާ ބޮޑު މަގުގައި މިވާ ކުދި ޕާކުތަކުގައި މާމެލާމެލީގެ ބަޤީޗާތަކެއް ހެއްދުމަށް އެސަރަހައްދުގައި އެވާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަކަށް ބަހާލައިގެން ކުރެވިދާނެއެވެ. ހަމަ އެގޮތަށް ތިނަދޫގެ ފްލެޓް ސަރަހައްދުގައި ދާދިފަހުން ހަދާފައިވާ ބައިވެސް އާރޯކުރަން އެބަޖެހެއެވެ. ތިނަދޫގައިވާ ކުޅިތަކުގެ ޤުދުރަތީ ރީތިކަން ދަމަހައްޓައި އެތަންތަންވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.

މިކަން ނުވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަށް ނުވިސްނެއެވެ. ތިނަދޫއަކީ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ނަމަވެސް ސިޔާސީ ގޮތުން އައި ހިޔާލު ތަފާތުވުންތަކަކާ ހެދި ބައިބައިވެފައި ވީނަމަވެސް، މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި އަދިވެސް ތިނަދޫ ރައްޔިތުން އެއްގަލަކަށް އަރާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ބޭނުންވަނީ އެމަސައްކަތުގައި ހަރަކާތްތެރިވާނޭ ލީޑަރުންނެވެ. އިސްނަގާނެ ފަރާތެކެވެ. ފަށައިގަންނާނެ ދިމާލެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!