ޚަބަރު
މިފްކޯއިން ”އެންމެ މީރު” ރޯދަ ޕްރޮމޯޝަން ފަށައިފި

މިއަހަރުގެ ރޯދައާ ދިމާކޮށް މިފްކޯއިން “އެންމެ މީރު” ނަމުގައި ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

މިފްކޯއިން ހާމަކުރިގޮތުގައި މިޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މާރޗް 31 ގެ ނިޔަލަށެވެ. އަދި މިޕްރޮމޯޝަނުގައި ބައިވެރިވެގެން  ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މިޕްރޮމޯޝަނުގެ ދަށުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހުށެހެޅިފައިވާ އިނާމްތަކަކީ:

  • ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރުފިޔާގެ ފައިސާގެ އިނާމް،
  • ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބިގެންދާނެއެވެ. މިއީ ކޭޝް ކާޑު ގޮތަށް ބޭނުން ކުރެވޭ ކާޑެކެވެ.

މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ މިފްކޯގެ ހަ ފިހާރައަކުން 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް މިޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ފަހަރު ލިބޭ ކޫޕަންތައް އޭގައި ހުންނަ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

މިފްކޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ބޮޑަތި ޕްރޮމޯޝަން ތަކެއް ހިންގައެވެ. ނަމަވެސް ކުރީ އަހަރުތަކާއި ހިލާފަށް މި އަހަރު މިފްކޯއިން ނަސީބުވެރި ފަރާތަކަށް ދެނީ ފައިސާގެ އިނާމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!