ޚަބަރު
ދާންދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި 137 ރޯހައުސް އެޅުމަށް ކައުންސިލުން މަސައްކަތް ފަށައިފި

ގޯތި ލިބި އެބިމުގައި ބޯހިޔާވަހިކަން ނެތް ރައްޔިތުންގެ އަމިއްލަ ގޯތީގައި 137 ރޯހައުސް އަޅައިދެވޭތޯ ގއ ދާންދޫ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

ހުވަދޫ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވްމުން ދާންދޫ ރައީސް މުހައްމަދު އާސިފް މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ ދާންދޫގައި 137 ގޯތި އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް ފަޅު ތަންތަން ގޮތުގައި އެބަހުރި ކަމަށާއި އެބިންތަކުގެ ވެރިން ގޯތިތަކުގައި ދިރިއުޅެން ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވީ އެއްފަހަރާ ބޮޑު ޚަރަދުކޮށް ގެއެއް އެޅުމުގެ މަގު ތަނަވަސް ނުވާތީ ރައްޔިތު މީހާއަށް އެކަން ނުކުރެވި ފަޅަށް އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާކަމަށެވެ.

ދާންދޫ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދާދި ފަހުން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ދާންދޫގެ ފަޅުގޯތިތަކުގައި ބޯހިޔާވަހިކަން ޤާއިމް ކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން 100 އިމާރާތް ރޯހައުސް ގެ ގޮތުގައި ފައިސާ ދައްކާ ނިންމާ ގޮތަށް ހަދައިދިނުމަށް ސަރުކާރުގައި ވަނީ އެދިފައެވެ.

ދާންދޫ ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއާއެކު ބޭއްވި މަޝްވަރާގައި މިކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވުނުކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް އެކަމަށް ޢަމަލީ ސިފައެއް ޖެހިގެން ދިއުން ކަމަށެވެ.

މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. އަމިއްލަ ގޯތި އެބަހުރި ނުކުރެވި ގެން މިއުޅެނީ ބިނާ އެއް. އެހެންވީމާ ސަރުކާރުން ރޯހައުސް އަޅާފަ ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން އެކަން ކުރެވިދާނެ. ސިމްޕަލް – ރައީސް އާސިފް ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް އާސިފް ވިދާޅުވީ ދާންދޫ 137 ރޯހައުސް ރައްޔިތުންގެ އަމިއްލަ ގޯތީގައި އެޅުމަށް ހައުސިންގ މިނިސްޓަރީގައިވެސް މިހާރު ވާނީ ރަސްމީކޮށް އެދިފައިކަމަށާއި އެމަސައްކަތް މަޝްރޫޢު އެއްގެ ގޮތުގައި ކުރިޔަށް ގެންދާނެކަމުގެ ޖަވާބުވެސް ވަނީ މިނިސްޓްރީ އިން ދެއްވާފައި ކަމަށެވެ. އަދި ރައީސް އޮފީހުންވެސް ވަނީ ދާންދޫގައި ގެދޮރުވެރިކަމުގެ މަޝްރޫޢުއެއް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ހައުސިންގ މިނިސްޓަރީގައި ދަންނަވާފައިވާ ރައީސް އާސިފް ވިދާޅުވިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ އަކީ 2000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެރަށުގައި 415 ގޯތި ދޫކުރެވި ފައިވާއިރު އޭގެ ތެރެއިން 137 ގޯތީގައި މީހުން ދިރިނުއުޅެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ރޮކެޓް ސައިންސް

  ފަޅުގޯތި ރައްރަށުގައި ގިނަވާންޖެހުނު ސަބަބު ތަކަކީ ކަތީބުންގެ ދުވަސްވަރު އެމީހުންގެ ބާރުގަ ބަނޑުގައި އޮތް އެމީހުންގެ ކާފަ ދަރިންނަށް ދާންދެން ގޯތި ނަގާފަ އޮތުން. ގދ.ތިނަދޫގައު އެގޮތަށް ކަންތަށް ހިގާފަ އެބައޮތް. ދެވަނަކަމަކީ ގޯތި ދޫކުރާއިރު ގިނައިން ޕޮއިންޓް މިލިބެނީ ގިނަދަރިން ތިބި އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް އަދި އަނބި ނުވަތަ ފިރި ރަަށުން ބޭރު މީހެއްކަމަށް ވަންޏާވެސް ޕޮއިންޓް އިތުރުވޭ. ދެން މިވާގޮތަކީ ރަށުންބޭރުމީހާގެ ދިރިއުޅުން އޭނަގެ އުފަންރަށަށް ބަދަލު ކޮއްލަނީ ދެން ގޯތި މިއޮންނަނީ ފަޅަށް. މިޒަމާނުގައި ގިނައިން ދަރީން ތިބެގެން ގޯތި ލިބޭމީހާ ދަރިންނަށް ހަރަދުކޮއްފަ ގޯތި ހަދާނެ ފައިސާއެއް ނުހުންނާނެ. ގޯތި ދޫކުރާއިރު މިހާރު ތިގެންގުޅޭ އުސޫލު ބަދަލު ކޮއްފިއްޔާ ރައްރަށުގައި ފަޅުގޯތި މަދުވެދާނެ. މިސާލަކަށް މިހާރު ތިއޮންނަނީ ކޮންމެ ދަރިއަކަށް 5 ޕޮއިން ލިބޭ އުސޫލު ބަދަލު ކޮއްލަންވީ އެމީހާގެ އާމްދަނީ މަހަކު ލިބޭވަރަކަށް ކޮންމެ ދިހަ ހާހަކަށް 5 ޕޮއުން އިތުރަށް ލިބޭގޮތަށް ހެދިދާނެ. އެމީހާގެ ތައުލީމީ ފެންވަރަށް ވެސް ބެލިދާނެ މިސާލަކަށް ޕީއެޗްޑީ ހަދާފަ ހުރި މީހަކު ވަޒީފާ ނުލިބިގެން ނުވަތަ ލާރިނެތިގެން ގެ ނެހެދި ހުންނާކަށް ނުޖެހޭނެ. ތައުލީމީ ފެންވަރަށްވެސް ޕޮއުންޓް ދޭންވީއެވެ. ދެން ހަދަންވީ ގޯއްޗަށް ގުރު ނަގަން ދާއިރު އެމީހާގެ ބެންކް އެކައުންޓުގައު ވަކި އަދަދެއްގެ ފައިސާ ހުންނަން ޖެހޭގޮތަށް ހެދުން. ނުވަތަ ގެރެންޓީއެއްގެ ގޮތުގައި ކައުންސުލުން އެޑްވާސްއަށް ފައިސާނަގާފަ ބެހެއްޓުން. ގޯތި ހެދޭނެ ތަނަވަސްކަން ނެތް މީހުންނަށް ފުލެޓާއު ރޯހައުސް އެންމެ ރަނގަޅު ކަމުގައި އަހަރެނަ ދެކެން. ދެން އޮތް ގޮތަކީ ގޯތި ވިއްކުން އެކަމަކު އުސަުލެއް ނެތި ގޯތި ވިއްކަން ފަށައިފިއްޔާ މަހުޖަނުން އިތުރަށް މުއްސަދިވެ ފަގީރުން އިތުރަށް ނިކަމެތުވެގެން ހިގައިދާނެއެވެ. އަހަރެންނަށް ވިސްނާ ވިސްނާ ނޭގުނު ތިނަދޫއިން ގޯތި ދޫނުކޮށް ރޯހައުސް ދޭން އުޅޭ ސަބަބެއް. ބަލަ 200 ރޯހައުސްގެ ބަދަލުގަ 200 ގޯތި ދީފަ ހަމަ އެގޯތިތަކުގަ ތިބުނާ ރޯހައުސް ނޭޅޭނީތަ؟ އެތަނުން ލިބޭ ގޯއްޗެއްގަ ރޯހައުސް އެއް އަޅަން ބޭނުންނުވާމީހާ އަމިއްލައަށް ގޯތި ހަދާނެތާ! އަމިއްލއަށް ގޯތި ހަދަންބޭނުންވާމީހާއަށް މުއްދަތެއްދީފަ ގޯތި ނެހެދިއްޖެއްޔާ އަނެއްކާ ކައުންސިލަށް ގޯތި ނެގޭނެ އުސޫލެއްވެސް ހެދިދާނެ. ލިބޭގޯތީގައި ރޯހައުސް ނުވަތަ އަމިއްލައަށް ގެހަދަން ބޭނުން ނުވާނީ ގޯއްޗަށް ޝަރުތު ހަމަނުވާމީހުން ކަމުގައި އަހަރެނަދެކެނީ

 2. ސުހައިލް

  ބައްލަވާ ރޯހައުސް އެއްނޫން ކިޔަންވީ. ރޯހައުސް ހުންނާނީ އެއްގެ އަނެއްގޭގެ އިމުން ގުޅިފަ. އެއްބަރިޔަކަށް. އެކި ތަންތާނގަ ހުންނަ ގޯތިތަކުގަ އަޅަން ރަނގަޅީ ހައުސިންގ ޔުނިޓު ނުވަތަ ގެ.