ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިދޭސީއަކު މެރުމަށް ހުކުމްކޮށްފި

އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިދޭސިއަކު މެރުމަށް ހުކުމް ކޮށްފިއެވެ.

އދ.ދަނގެތީގައި ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރުގެ ވާރިސުން އެދުނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަހުމޫދުގެ ޤާތިލް ކަމަށްވާ ބަންގްލަދޭޝްގެ، ސާލިމް މެރުމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މިވަނީ ސާލިމް މެރުމަށް ހުކުމް ކޮށްފައެވެ. މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

މަހުމޫދު މަރާލިކަމަށް ސާލިމްވަނީ ކޯޓުގައި އެއްބަސްވެފައެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް (29) ގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މަރާލުމު ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރު އޮކްޓޫބަރުމަހު ގެއްލިގެން ހޯދަމުން ދަނިކޮށް މަހްމޫދުގެ ހަށިގަނޑު ފެނިފައިފައިވަނީ ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުންނެވެ. ތޫނު އެއްޗަކުން ހަމަލާދީ ބޮޑެތި އަނިޔާތައް ދީ ސާލިމް އުޅޭ ގޭތެރޭގައި މަހުމޫދުގެ ހަށިގަނޑު 5 ގަޑިއިރު ވަންދެން ބޭއްވިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި ސާލިމް ދިރިއުޅޭ ގެއިން މަހުމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ޝަކީލްގެ ކުރިމަތީގައި ސާލިމް ވަނީ އޭނަގެ މައްޗަށް ކުރެވޭ ހުރިހާ ދައުވާތަކަށް އިއުތިރާފްވެފައެވެ. އަދި އޭނައަށް މާފްދީ މަރާނުލާ ދޫކޮށްލުމަށް އެދި އާދޭސްކޮށްފައެވެ. އެހެންނަމަވެސް މިމައްސަލަ ނިމިގެން މިދިޔައީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް މަހުމޫދުގެ ޤާތިލަށް ހައްޤު އަދަބު ލިބިގެންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޞަސް

    ޙައްޤު އަދަބު ލިބުނުކަމަށްވާނީ ތި ޙުކުމް ތަންފީޛު ކުރެވުމުން