ޚަބަރު
ޔޫތުގެ ޑެޕިއުޓީ މަޤާމުން ސްޓޭޓް މިނިސްޓަރ ކަމަށް ނާސިހު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

މިމަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމުގައި ހުންނެވި، ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދުއެވެ.

ނާސިހު އަކީ މީގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމް އަދާކުރައްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ. އަދި އެކައުންސިލްގެ މެމްބަރެއްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ނާސިހު އަކީ ވެރިކަން ކުރާ މައި ޕާރޓީ ކަމުގައިވާ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ ރައީސްވެސް މެއެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ތައުލީމީ ރޮގުންވެސް ކުރިއަރާފައިވާ ބޭފުޅެކެވެ. އެގޮތުން މިހާރުވެސް ނާސިހު ދަނީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުންނެވެ.

މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!