ޚަބަރު
މުސްލިމުންނަށް ކުރާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ނުކުތް ނޫސްވެރިޔަކަށް އިންޑިއާ ސަރުކާރުން ފިޔަވަޅުތައް އަޅަން ފަށައިފި

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން އާބާދީ ބޮޑުވެފައި އެކި އެކި ދީންތަކަށްތަބާވާ ރައްޔިތުން ދިރިއުޅެމުން އަންނަ ޤައުމެކެވެ. އެޤައުމުގެ ޕްރައިމް މިނިސްޓަރަކީ ބުދު ދީނަށް އަޅުކަންކުރާ މީހަކަށްވެފައި އެދީން ޕްރޮމޯޓުކުރުމަކީ ބާރާއި ނުފޫޒާއި އެކު މީނާ ކުރަމުން ގެންދާ ކަމެކެވެ. އެގޮތުން އިންޑިއާގެ މުސްލިމުންނަށް އިންޑިއާ ސަރުކާރުންދަނީ އެތައް ދަތިތަކަކާއި ކުރިމަތިކުރުވަމުންނެވެ.

މިކަމުގެ ވާހަކަތައް ދެއްކުމަކީވެސް ޤައުމުގައި މަނާކަމެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސަބަބުތައް ގިނައެވެ. އިންޑިއާގެ ނޫސްތަކުން މިފަދަ ވާހަކަތައް ޝާއިއުކުރުންވެސް މަދެވެ. މިފަދަ ދަނޑިވަޅެއްގައި އިންޑިއާއަށް އުފަން މުސްލިމް ނޫސްވެރިޔަކު މިފަދަ ވާހަކަތައް އާންމުކުރަން ފެށުމުން އެކި އެކި ގޮތްގޮތުް ދަތިތަކާ ކުރިމަތި ކުރުވަން ފަށައިފައި ވެއެވެ.

ރާނާ އައްޔޫބް ނަަމަކަށް ކިޔާ އަންހެން ނޫސްވެރިޔަކު އޭނާގެ މުސްލިމް އަޙުންނަށް ކުރިމަތިވާ ދަތިތަކާއި ބެހޭގޮތުން މައުލޫމާތު ހޯދައި ޝާއިއުކުރަން ފެށިއެވެ. އާޙިރުގައި ކަންވީ ދެރަކޮށެވެ. މިކަމުގައި އެތައް އަހަރުތަކެއް ވޭތުވަމުން ދަނިކޮށް މޯދީ ސަރުކާރާއި އެސަރުކާރާއި ގުޅުންހުރި ބޭފުޅުނަށް ރާނާ ވެގެންދިޔައީ އުނދަގުލަކަށެވެ. ނަމަވެސް ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމަށް ލިޔަމުން ރާނާ އިންޑިއާއަށް ވަރަށް ޤަދަރުދެއެވެ.

ރާނާއަށް ކުރިމަތިވަމުން އައި އުނދަގޫތަކަށް ކެތްނުލަވާ ހިސާބަށް މިދިޔަ ހަފްތާ ގޮސްފައިވާކަމަށް އޭނާ ބުނެއެވެ. މީގެ ތެރޭގައި ފުލުހަށް ހާޒިރުކުރުމާއި އިންޑިއާގެ އެކިއެކި ސަރަޙައްދުތަކުގައި އޭނާގެ މައްޗަށް ދައުވާތައް އުފުލުމާއި، އޭނާއަކީ ސޯޝަލްމީޑިއާގައި ނަފްރަތު އުފައްދާމީހެއްކަމަށް ބުނެ ފުރައްސާރަކުރަމުންނެވެ.

މިކަމާއި ގުޅިގެން ރާނާއަށް ހިތްވަރު ދީ ބޭރުގެ ފަރާތްތަކުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ގެންދަނީ އެގައުމުގައި ތިބި މުސްލިމް ކިޔަވާކުދިން ބުރުގާ އަޅައިގެން ސްކޫލްތަކަށް ވަނުން މަނާކުރުމުގެ އިތުރުން އެކި ގޮތްގޮތުން މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަން އިންތިހާއަށް އިތުރުކޮށްފައެވެ. އެގޮތުން އެގައުމުގެ ބުދު ދީނަށް ތަބާވާ މީހުން ގެންދަނީ މުސްލިމް އަންހެން ކުދިންނަށް މަގުމަތިން އަނިޔާކޮށް ފުރައްސާރަ ކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!