ޚަބަރު
އިންތިހާބަށް ނުފޫޒު ފޯރުވުމަށް މުވައްޒަފުން ވަކިކުރައްވާނަމަ، އަޅުގަނޑުވެސް ވަކިކުރައްވާ – ރައީސް ނަޝީދު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ މުވައްސަސާގައި މަސައްކަތް ކުރާ އެޕާޓީގެ މުވައްޒަފުން ވަކި ކުރަންޏާ، އެމްޑީޕީގެ ރައީސް ކަމުން އެމަނިކުފާނު ވަކި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީިދު މިހެން އެދިވަޑައިގަތީ، އެމްޑީޕީ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި ކުރެއްވި މެސެޖެއްގައެވެ. އެމެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަމުން ގެންދަވަނީ ސިޔާސީކޮށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ޕާޓީއިން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ، ވަކިކުރަނީ ނަމަ އަޅުގަނޑުވެސް ވަކިކުރައްވާ. – ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް އޮންނަ އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، މުވައްސަސާތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެއްގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!