ޚަބަރު
ކަރެކްޝަންސް އިން ކުރިއަށްގެންދާ “ފަހި ފުރުސަތު” ޕްރޮގްރާމްގައި އާރްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި، ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޕެރޯލް ފުރުޞަތުގެ ދަށުން މުޖްތަމަޢުއަށް ދޫކުރާ ފަރާތްތަކަށް “ފަހި ފުރުޞަތު”ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރންޝިޕް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާއެކު ފަހުމްނާމާއެއްގައި (އެމްއޯޔޫ) މިއަދު ސޮއިކޮށްފިއެވެ.

ކަރެކްޝަންސް އިން ކުރިއަށްގެންދާ “ފަހި ފުރުސަތު” ޕްރޮގްރާމްގައި އާރްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ކަރެކްޝަންސް

މި ފަހުމްނާމާގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މި ފަހުމްނާމާގައި ސޮއިކުރައްވާފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން ސައީދުއެވެ.

މި ފަހުމްނާމާގެ ދަށުން “ފަހި ފުރުޞަތު” ޕްރޮގްރާމް މެދުވެރިކޮށް އެމްސީއެސްގެ ޖަލުތަކުގައި ހުކުމްތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން އުޅުން އެންމެ ރަނގަޅު، މުޖްތަމައުއަށް އެ ޤައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެކަމަށް ޔަގީންވާ ޤައިދީން، އާރްޑީސީއިން ޙަވާލުކުރާ މަސައްކަތްތައް ކުރުމުން އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް އެ ކުންފުނިން ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިގޮތުން އޮކްޓޯބަރު 2020 ގައި އިފްތިތާހުކުރެވުނު “ފަހި ފުރުޞަތު” ގެ ދަށުން، ސްޓެލްކޯގައި ޕެރޯލް ފުރުޞަތު ލިބިފައިވާ ފަރާތްތައް މަސައްކަތްކުރަމުންދެއެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ ދާއިމީ ވަޒީފާ ލިބިފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!