ޚަބަރު
ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ އާއިލާއަކަށް ކުރާނެ – އިމްރާން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ގައިދީންނަށް އަމާޒުކޮށްގެން ހިންގަން ފަށާފައިވާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު އާއިލާތަކަށް ކުރާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހް ކުރެއްވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން ޖަލުގައި ބަންދުކުރެވޭ މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ މީހުންނަށް ލާޒިމްކޮށްފައިވާ ކުރުން، ފުރުތަމަ ފަހަރަށް ފަށައިގެން ދުވަސް ކަމަށެވެ.

އަދި އެމަސައްކަތް މިހާ ހިސާބަށް އައީ ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި، މި ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާގެ ޙައްލަށް އެޅޭ އުސްފިޔަވަޅެއް ކަމުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، މިފެށޭ ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ އާއިލާއަކަށް ހެން ކުރާނެ ކަމަށާއި، ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، އާއިލާއާއެކު އުފާވެރި ހަޔާތެއް ލިބިދާނެ ކަން ތަޞައްވަރުނުކުރާ އެތައް ޒުވާނަކަށް މިޕްރޮގްރާމްގެ ސަބަބުން، އެޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށެވެ.

މާފުށީ ޖަލުގައި އިއްޔެ އިފްތިތާޙް ކުރެވުނު ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފަށަނީ  މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!