ޚަބަރު
ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް ކުރެވޭ އިންގިލާބީ މަސައްކަތެއް – ނަސީމް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ގައިދީންނަށް އަމާޒުކޮށްގެން ހިންގަން ފަށާފައިވާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް ރާއްޖޭގައި ކުރެވޭ އެންމެ އިންގިލާބީ އެއް މަސައްކަތް ކަމުގައި މިނިސްޓަރ އޮފް ހެލްތ އޮނަރަބަލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހް ކުރެއްވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއަރޓަރގައި ބޭރުގެ ގައުމުތަކުން ލިބޭ އެހީގެ ސަބަބުން ޚާއްސަ މީހުން ޖަލުގައި މިފެށޭ ޕްރޮގްރާމްގައި ބައިވެރި ކުރެވި، އެޕްރޮގްރާމަށް ފުރިހަމަ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކުރި ދިރާސާއަކާ ގުޅިގެން، ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ރާއްޖޭގައި ފަށައި، 186 ފެސިލިޓީގައި މިކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ، ކުދިންގެ އިތުރުން މުޅި މުޖްތަމަޢު ޑްރަގް ރިހެބިލިޓޭޝަނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި އިއްޔެ އިފްތިތާޙް ކުރެވުނު ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފަށަނީ  މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!