ޚަބަރު
ސްޕްރީމް ކޯޓަށް އިސްތިއުނާފްކުރެވޭ މުއްދަތު ކުޑަކުރަން ހުށަހަޅައިފި

ސްޕްރީމްކޯޓުގައި އިސްތިއުނާފް ކުރަން ދެވޭ މުއްދަތު 30 ދުވަހަށް ކުޑަ ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުއެވެ. މިބިލުގައިވާ ގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލަތައް ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަން ޖެހޭނެއެވެ. އަދި މައްސަލައެއްގެ ލިޔެކިއުންތައް އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން ގިނަވެގެން ހަތް ދުވަސް ތެރޭގައި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދޭން ޖެހޭނެ ކަމަށް އެބިލުގައި ބަޔާންކޮށްފައިވެއެވެ.

މިބިލުގައި ވާގޮތުން ހައި ކޯޓުގެ އުތުރު ގޮފިއާއި ދެކުނު ގޮފި އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ.

މީގެ ކުރިންވެސް އިސްތިއުނާފް ކުރެވޭ މުއްދަތު އިނީ 30 ދުވަހެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިސްތިއުނާފް ކުރެވޭ މުއްދަތު ވަނީ 60 ދުވަހަށް ދިގުކޮށްފައެވެ. މިބިލް ފާސްވެއްޖެނަމަ މުމއްދަތު ކުރީގަ އިންގޮތަށް 30 ދުވަހަށް ބަދަލުވެގެން ދާނެއެވެ.

ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް އެ ނިންމާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ. އެކަމަކު ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރަން ޖެހޭ މުއްދަތަކީ 48 ގަޑިއިރު ކަމަށް އޭގައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!